16 ޖެނުއަރީ 2018 - 13:16

ސިންގަޕޫރު (ޖެނުއަރީ 16) - ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ތިން އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް 70 ޑޮލަރަށް އަރައިފި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށްދާން ފެށީ އޯޕެކްގެ ގައުމުތަކާއި ރަޝިއާއިން ތެޔޮ އުފައްދާ މިންވަރު މައްޗަށް ދިއުމާއި އިގްތިސާދު ކުރިއަރާތީ ތެލުގެ ޑިމާންޑް އިތުރުވުމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގައި މިއަދު ތެޔޮ ފީފާއަކުން 26 ސެންޓް ބޮޑުވުމުން ވަނީ ފީފާއެއްގެ އަގު 70.37 ޑޮލަރަށް އަރައިފަ އެވެ. އަދި އެެމެރިކާގައި ވަނީ ތެޔޮ ފީފާއަކުން 18 ސެންޓް ބޮޑުވެ، ފީފާއެއްގެ 64.89 ޑޮލަރަށް އަރައިފަ އެވެ.
ތެލުގެ އަގު މަތިކުރުމަށް އޮގަނައިޒޭޝަން އޮފް ދި ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އަދި ރަޝިއާއިން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތެޔޮ އުފައްދާ މިންވަރު ދަށްކޮށްފަ އެވެ. އެއާއެކު ތެލުގެ ޑިމާންޑް މަތިވެ މިދިޔަ މަހު ވެސް 15 ޕަސެންޓް އަގު މަތިވި އެވެ.
ތެލުގެ އަގުތައް ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއަހަރުގެ ފަހު ކުއާޓަރުގައި ތެލުގެ އަގު 75 ޑޮލަރަށް ވެސް އެރުން އެކަށީގެންވެ އެވެ. -- ރޮއިޓާސް