ވާވޭ ހުށަހެޅި މައްސަލާގައި ސެމްސަންގް ކުށްވެރިވެއްޖެ
ވާވޭ ހުށަހެޅި މައްސަލާގައި ސެމްސަންގް ކުށްވެރިވެއްޖެ

ޗައިނާގައި އުފައްދައި އެ ސަރަހައްދުގައި ބޭނުންކުރުމަށް ވާވޭ އަށް ހުއްދަ ލިބިފައި އޮތް "4ޖީ" މުވާސަލާތީ ޓެކްލޮނޮޖީ، ސެމްސަންގް ޑިވައިސްތަކުގައި ބޭނުންކުރާ ކަމަށް ވާވޭ ތުހުމަތުކުރެ އެވެ. ވާވޭއިން ވަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި ކޯޓު މެދުވެރިކޮށް ސުލްހަވެރި ހައްލެއް ހޯދަން ވެސް އެދުނެވެ.

ސެމްސަންގް އަދި ވާވޭ އަކީ ޗައިނާ ސަރަހައްދުގައި ވަަރަށް ގާތްގާތުގައި، ގުޅިގެން މަސައްކަތްކުރާ ދެ ކުންފުންޏެވެ. ވިޔަފާރީގައި އެއް އަމާޒަކަށް ދަތުރުކުރި ނަމަވެސް، އުފެއްދުންތެރިކަމުގައި ޝައުގުވެރިކަން ވަނީ ކަފިވެފަ އެވެ. އެހެނެއްކަމަކު، ހުއްދަ ނުހޯދައި، ފަރުދީ އަދި ފިކުރީ މުދާ ބޭނުންކުރެވޭ ގޮތެއް އެއްވެސް ބަޔަކަށް ނޯވެ އެވެ. ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް އައުލާކަން ބޮޑީ އެ ކަމަށް ކަނޑައެޅިފައި ހުންނަ ގަވާއިދުތަކަށް އިހުތިރާމްކުރުމެވެ.

ސެމްސަންގަށް ނަސޭހަތްތެރިވުމަށް ވާވޭއިން ކޯޓަށް ހުށަހެޅި މައްސަލަ ނިމުނީ ސެމްސަންގް ގޯސްކަމަށް ބުނެ އެވެ. އަދި ސެމްސަންގްގެ އިހުމާލުން ވާވޭ އަށް ގެއްލުންވެފައި ވާ ނަމަ، ބަދަލުދިނުމަށެވެ. ބަދަލު ދޭންޖެހޭ ވަކި ގޮތްތަކެއް ކޯޓުން ކަނޑައެޅިކަން މީޑީޔާ އަށް އެނގިފަައި ނެތް ނަމަވެސް، ވާވޭ ބޮޑަށް ބާރުއަޅަނީ އޮތް އެންމު ސުލްހަވެރި ގޮތެވެ. ކޯޓުގައި ވާވޭ އެދުނީ، ހުއްދަ ހޯދަން ޖެހޭކަން ސެމްސަންގަށް ބުނެދިނުމަށެވެ.

ވާވޭއިން ކޯޓަށް މައްސަލަ ހުށަހެޅުމާ އެކު، ގޯހެއް ހެދިއްޖެކަން ސެމްސަންގުން ގަބޫކުރި އެވެ. ސީދާ ބަހުން އެކަން އާންމުނުކުރި ނަމަވެސް، ސެމްސަންގުން ކަންކުރި ގޮތުން އެކަން އެނގެ އެވެ.

ސެމްސަންގަށް ދެން އޮތް މަރުހަލާ އަކީ ވާވޭ އަށް ލިޔުންތައް ހުށަހަޅައި، ބޭނުންހިފަން އެދޭ ޓެކްނޮލޮޖީތައް ދަރަޖަކޮށް ހުއްދަ ހޯދުމެވެ. ލައިސަންސް ފީ ދައްކަންޖެހޭ ނަމަ އެކަން ވެސް ކުރުމެވެ.