ކުޅުންތެރިޔަކަށް ރެފްރީ ހަމަލާދީފި
ކުޅުންތެރިޔަކަށް ރެފްރީ ހަމަލާދީފި

ޕެރިސް (ޖެނުއަރީ 15) – ފްރާންސް ލީގުގައި ރޭ ނޯންޓެސް އަތުން 1-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ނޯންޓެސްގެ ކުޅުންތެރިޔަކަށް ރެފްރީ ހަމަލާ ދިނުމަށް ފަހު އޭނާ އަށް ރަތްކާޑު ދައްކައިފި އެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރެފްރީ ދުވެފައިވަނިކޮށް ނޯންޓެސްގެ ޑިއެގޯ ކާލޯސްގެ ފައިގައި އަޅައިގެންފައި ރެފްރީ ޓޯނީ ޗެޕްރޮން ވެއްޓެ އެވެ. އެއާ އެކު އޭނާ ވަނީ ކާލޯސްގެ ފައިގައި ކޮޅުފައިން ޖަހައިފަ އެވެ. އަދި ދެ ވަނަ ރީނދޫ ކާޑާ އެކު އޭނާ އަށް ރަތެއް ދެއްކި އެވެ. ބެލެވޭ ގޮތުގައި ރީނދޫ ކާޑު ދެއްކީ ރެފްރީއާ ޒުވާބުކުރުމުންނެވެ.

މިއީ ވާދަވެރި ބޮޑު ލީގެއްގެ މެޗެއްގެ ތެރެއިން ފަހުގެ ތާރީހެއްގައި ފެނިފައިވާ މަންޒަރެއް ނޫނެވެ. ރެފްރީގެ މި އަމަލަށް ގިނަ ބަޔަކު އަންނަނީ ޖޯކު ޖަހަމުންނެވެ. ބެލެވޭ ގޮތުގައި މި މައްސަލައިގައި ރެފްރީ އަށް ބޮޑު ސަސްޕެންޝަނެއް އަންނާނެ އެވެ. އެއް ބަޔަކު ބުނަނީ ރެފްރީ ހަމަލާ ދިނީ ގަސްދުގައި ނޫން ކަމަށާއި އެއީ ކުޅުންތެރިޔާ އޭނާ ދަތިއެޅުވީ ކަމަށް ބަލައި އައި ރުޅީގައި ކުރެވުނު ކަމެއް ކަމަށެވެ.

ރޭގެ މެޗުން ޕީއެސްޖީ މޮޅުވީ 12 ވަނަ މިނެޓުގައި އެންހެލް ޑި މަރިއާ ޖެހި ގޯލުންނެވެ. މި މެޗުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕީއެސްޖީގެ ނޭމާ ނުކުޅެ އެވެ. މި މޮޅާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 42 ޕޮއިންޓާ އެކު އޮތީ މޮނާކޯ އެވެ.