14 ޖެނުއަރީ 2018 - 23:13

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުންގެ ކޮމާންޑަރަކަށް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ހަމަޖައްސައިފި އެވެ.
ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމާންޑަރަކަށް ހަމްދޫން ހަމަޖެއްސި ކަން ފުލުހުން ކަށަވަރު ކޮށްދިނެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.
މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ކޮމާންޑަރަކަށް ހުންނެވީ ވެސް ހަމްދޫނެވެ. އެ އިންތިޚާބުގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 3،000 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވި އެވެ.
ހަމްދޫނަކީ ކުރިން ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ.
ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހަމްދޫނާ ހަވާލުކުރިއިރު، ވަރަށް ފަހުން ފުލުހުންގެ އިސް މަގާމްތަކަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެ ބަދަލު ގެނައީ، އިސް މަގާމްތަކުގައި ތިއްބެވި ބައެއް ފުލުހުން ވަޒީފާ އިން ވެސް ވަކިކުރުމަށް ފަހު އެވެ.