ހިތަދޫ ގެއެއް އަނދައި ހުލިވެއްޖެ
ހިތަދޫ ގެއެއް އަނދައި ހުލިވެއްޖެ

އައްޑޫ ހިތަދޫ ގެއެއްގައި ރޭ ދަންވަރު ވަރަށް ބޯޑަށް ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އެ ގެ އަނދައި ހުލިވެއްޖެ އެވެ.

ހިތަދޫ ގެއެއް އަނދައި ހުލިވެއްޖެ
ހިތަދޫ ގެއެއް އަނދައި ހުލިވެއްޖެ

ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް އަނދާފައި ވަނީ އެ އަވަށު އެލްމިނިއަމްގެ އެވެ. އެނގިފައިވާ ގޮތުގައި ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި އެ ގޭގައި ރޯވި އިރު އެއްވެސް ބަޔަކު ނޫޅެ އެވެ. އަދި ގެ ހުރީ ކުއްޔަށް ދޭން ހުސްކޮށްފައި ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް ރޯވާން ދިމާންވި ސަބަބެއް އަދި ނޭނގެ އެވެ. މި ހާދިސާ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެމްއެންޑީފުން ބުނީ އެލްމިނިއަމްގޭގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނީ 2:30 ވާން އުޅެނިކޮށް ކަމަށާއި އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނު އިރު، ގެ ބޭނުން ނުކުރެވޭ އަނދާފައިވާ ކަމަށެވެ.