އޮޅިގެން ދިން މިސައިލް އިންޒާރާ އެކު ހަވާއީގައި ބިރުވެރިކަން
އޮޅިގެން ދިން މިސައިލް އިންޒާރާ އެކު ހަވާއީގައި ބިރުވެރިކަން

ހަވާއީ (ޖެނުއަރީ 14) - މިސައިލް ހަމަލާއެއް އަންނަ ކަމަށް ބުނެ އޮޅިގެން ފޮނުވި މެސަޖަކާ ގުޅިގެން ހަވާއީގައި އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެ އެވެ.

އޮޅިގެން ދިން މިސައިލް އިންޒާރާ އެކު ހަވާއީގައި ބިރުވެރިކަން
އޮޅިގެން ދިން މިސައިލް އިންޒާރާ އެކު ހަވާއީގައި ބިރުވެރިކަން

މޯބައިލް ފޯނު ބޭނުންކުރާ މީހުންނަށް ލިބުނު ޓެކްސްޓް މެސެޖުގައި ވަނީ ބެލެސްޓިކް މިސައިލެއްގެ ނުރައްކާ ކުރިމަތިވާ ކަމަށާއި އެހެން ވަގުތުން ރައްކާތެރިވުމަށް އަންގައިފަ އެވެ. އަދި އެއީ ޑްރިލެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ސްޓޭޓް ގަވަރްނަރު ޑޭވިޑް އިގެ ވިދާޅުވީ އެއީ މުވައްޒަފަކަށް އޮޅިގެން ނުބައި ފިތަކަށް އޮބާލެވިގެން ފޮނުވުނު މެސެޖެއް ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށެވެ. އެމެރިކާ ސަރުކާރުން ވަނީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ބުނެފަ އެވެ.

ހވާއީގައި މިސައިލް އެލާޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނީ ނޯތު ކޮރެއާ އިން ދީފާނެ މިސައިލް ހަމަލާއަކުން ދުރާލާ ރައްކާތެރިވުމަށެވެ. މިދިޔަ ޑިސެމްބަރު މަހު ހަވާއީ އިން ވަނީ ނިއުކްލިއާ ވޯނިން ސިސްޓަމް ސައިރެންސް ސިސްޓަމް، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފަ އެވެ. ހަވާއީ އަކީ ނޯތު ކޮރެއާއާ އެންމެ ކައިރީގައި އޮންނަ އެމެރިކާގެ ސްޓޭޓެވެ. ނޯތު ކޮރެއާ އިން މިދިޔަ އަހަރު ވަނީ ހަވާއީ އަށް ހަމަލާދެވޭ ރާސްތާގެ މިސައިލް ޓެސްޓްކޮށްފަ އެވެ.

އޮޅިގެން ފޯނުތަކަށް ފޮނުވި މެސެޖް ވަނީ ރޭޑިއޯ އާއި ޓީވީ ސްޓޭޝަންތަކުން ވެސް ދުރަށް ފޮނުވައިފަ އެވެ. އެލާޓް މެސެޖާ ގުޅިގެން ބައެއް މީހުން ބިރުން ރައްކާތެރިވުމަށް ދުވާ މަންޒަރުތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. ހަވާއީގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރެއް ކަމަށްވާ މެޓް ލޮޕްރެސްޓީ ވިދާޅުވީ ފޯނަށް މެސެޖް ލިބުމާ އެކު އޭނާ އާއި އާއިލާގެ މެންބަރުން އެރި އޮތީ ބާތު ޓަބަށް ކަމަށެވެ.