"އެންމެ މޮޅު" ހެޑްފޯނު: އަގަކީ 37،000 ރުފިޔާ
"އެންމެ މޮޅު" ހެޑްފޯނު: އަގަކީ 37،000 ރުފިޔާ

އަޑު އެންމެ ރީތި ކަމަށް ބުނަނީ ކަންފަތުގައި އަޅާފައި އޮންނަ ބައި ބަންދު ނުކޮށް ހުންނަ ވައްތަރު ހެޑް ފޯނުގަ އެވެ. ނުވަތަ "އޯޕަން ބެކްޑް" ހެޑްފޯނުގަ އެވެ. އެކަމަކު މީގެ މައްސަލަ އަކީ ބޭރަށް އަޑު ދާތީ އެވެ.

"އެންމެ މޮޅު" ހެޑްފޯނު: އަގަކީ 37،000 ރުފިޔާ
"އެންމެ މޮޅު" ހެޑްފޯނު: އަގަކީ 37،000 ރުފިޔާ

އަޑު ރީތި ނޫނަސް، ބޭރަށް އަޑު ނުދާ ގޮތަށް ހުންނަ ހެޑްފޯނު ގެންގުޅެން ޖެހެނީ އެހެން މީހުންނަށް ވާ އުނދަގޫ ކުޑަކުރާށެވެ.

ސެންހައިސާ ކުންފުނިން މަސައްކަތްކުރަމުން އަންނަނީ މިދެ ވައްތަރު ހެޑްފޯނު އެއްކޮށްލާށެވެ. އެކަމަށްޓަކައި އުފައްދަނީ އެޗްޑީ 820އެވެ. މެޓަލް ހެޑްބޭންޑަކާއި މަޑު މައިކްރޯފައިބަރު "ކަންފަތު ގޮއްޓަކާއި" އޭގެ ވަށައިގެން ލެދާ ކަވަރެއްލާފައި ހުންނަ މި ހެޑްފޯނަށް 103 ޑެސިބްލްގެ އަޑު ނަގައިދެއެވެ. އުންމީދުކުރެވޭ ގޮތުގައި މިއީ މިހާތަނަށް އުފައްދާ އެންމެ އަޑު ރީތި ހެޑް ފޯނަށް ވާނެ އެވެ.

އެޗްޑީ 820 ބާޒާރަށް ނެރުން ލަހެއް ނުވާނެ އެވެ. ބޭނުމިއްޔާ ފައިސާ ރައްކާކުރަން ފަށާށެވެ. އަގަކީ 2،399.95 ޑޮލަރު (37،007ރ.) އެވެ.