13 ޖެނުއަރީ 2018 - 20:16

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އަންނަ ސީޒަނުގައި އޭނާގެ ކުރީގެ ޓީމު، ކްލަބް އީގަލްސް އަށް ކުޅެން ސޮއިކޮށްފި އެވެ.
ބަކާ އަކީ އަންނަ ސީޒަނަށް އީގަލްސް އަށް ގެނައި މަތީ ފަންތީގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އެ ޓީމުން ދިވެހި އިތުރު ތަޖުރިބާކާރު ކުޅުންތެރިޔަކު ގެންނާނެ ކަމަށް ބެލެވޭއިރު ސްރީ ލަންކާގެ ގައުމީ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާއާ އެކު ބިދޭސީ އިތުރު ދެ ކުޅުންތެރިން ވެސް ގެންނާނެ އެވެ.
ބަކާ މިދިޔަ ސީޒަނުގައި ކުޅުނީ ވިކްޓަރީ އަށެވެ. އެކަމަކު އުރީދޫ ދިވެހި ޕްރިމިއާ ލީގުން އެ ޓީމަށް ފުރުސަތު ނުލިބުމުން އޭނާ ބަދަލުވީ މާޒިޔާ އަށެވެ. އެކަމަކު ފަހުން މާޒިޔާ އިން އޭނާ ދޫކޮށްލީ އެވެ.
އައިއެފްސީންތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ ކޯޗުކަމުގެ ދަށުން އީގަލްސް އަންނަ ސީޒަނަށް ނުކުންނައިރު އެ ޓީމުން ބުނަނީ މިއީ އާ ދައުރެއްގެ ފެށުން ކަމަށެވެ. އަދި ފުރަތަމަ ޓާގެޓަކީ އަންނަ ސީޒަނުގެ މާލޭ ލީގުގެ ގަދަ ހަޔެއްގެ ތެރޭ ހިމެނި އުރީދޫ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުން ކަމަށާއި ދެ ވަނަ ޓާގެޓަކީ ތަށްޓެއް ކާމިޔާބުކުރުން ކަމަށް ކޯޗު މޯހަން ވަނީ ބުނެފަ އެވެ. 2004 ވަނަ އަހަރު ކެރިއަރު ފެށި ބަކާ ވަނީ ވިކްޓަރީ، ވީބީ ސްޕޯޓްސް، ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި އީގަލްސް އާއި މާޒިޔާގެ އިތުރުން މިިޔަންމާގެ ކޭބީޒެޑަށް ވެސް ކުޅެފަ އެވެ. އޭނާ އީގަލްސް އަށް ކުޅުނީ 2012 ވަނަ އަހަރެވެ.
ގައުމީ ޓީމުގެ މެދުތެރޭގައި ވެސް ގިނަ އަހަރުތަކެއްގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ބަކާ އަށް ގައުމީ ކޯޗު ޑަރެން ސްޓެވާޓް މިދިޔަ އަހަރު ފުރުސަތެއް ނުދެ އެވެ. އޭނާގެ ބަދަލުގައި ގައުމީ ޓީމުން ފުރުސަތު ލިބުނު އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) ވަނީ ނިއު ރޭޑިިއަންޓަށް ބަދަލުވެފަ އެވެ. އޭނާގެ އިތުރުން ދެން އީގަލްސް ދޫކޮށްދިޔައީ މާޒިޔާ އަށް ބަދަލުވި މުޖްތާޒް މުހައްމަދު (މުޖޭ) އެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ތަސްނީމް (މޯޑް) ވެސް ވަނީ އާ ސީޒަނަށް އީގަލްސްއާ ގުޅިފަ އެވެ. އަނިޔާ އިން ރަނގަޅުވެ އޭނާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ތިން ވަނަ ޑިވިޝަނުގައި ކުޅެފަ އެވެ.
ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ ކޯޗުކަމުގެ ދަށުން އީގަލްސް އަންނަ ސީޒަނަށް ނުކުންނައިރު އެ ޓީމުން ބުނަނީ މިއީ އާ ދައުރެއްގެ ފެށުން ކަމަށެވެ. އަދި ފުރަތަމަ ޓާގެޓަކީ އަންނަ ސީޒަނުގެ މާލޭ ލީގުގެ ގަދަ ހަޔެއްގެ ތެރޭ ހިމެނި އުރީދޫ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުން ކަމަށާއި ދެ ވަނަ ޓާގެޓަކީ ތަށްޓެއް ކާމިޔާބުކުރުން ކަމަށް ކޯޗު މޯހަން ވަނީ ބުނެފަ އެވެ.