ބޭނުންކުރަން ނުފަށަނީސް މިލަންދޫ ސްކޫލްގެ އާ އިމާރާތުގެ ސީލިންގުން ބައެއް ވެއްޓިއްޖެ
ބޭނުންކުރަން ނުފަށަނީސް މިލަންދޫ ސްކޫލްގެ އާ އިމާރާތުގެ ސީލިންގުން ބައެއް ވެއްޓިއްޖެ

ށ. މިލަންދޫ ސްކޫލުގައި އަލަށް ހެދި ހަތަރު ބުރީގެ އިމާރާތުގައި މާދަމާ ކިޔަވަން ފަށަން ތައްޔާރުވެފައި ވަނިކޮށް އެތަނުގެ ކްލާސް ރޫމެއްގެ ސީލިންގް ވެއްޓިއްޖެ އެވެ.

ބޭނުންކުރަން ނުފަށަނީސް މިލަންދޫ ސްކޫލްގެ އާ އިމާރާތުގެ ސީލިންގުން ބައެއް ވެއްޓިއްޖެ
ބޭނުންކުރަން ނުފަށަނީސް މިލަންދޫ ސްކޫލްގެ އާ އިމާރާތުގެ ސީލިންގުން ބައެއް ވެއްޓިއްޖެ

އެ ރަށު ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ އެސް ޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އަލަށް ހެދި 27 ކްލާސް ރޫމްގެ އިމާރާތުގެ އެންމެ މަތީ ކްލާސް ރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓިފައި ވަނީ ސީލިންގެ ސަޕޯޓް ހަރުނުކޮށް ހުރުމުން ކަމަށެވެ.

"އަޅުގަނޑުމެން މިއަދު އެތަނަށް ވަދެ އެތަން ބަލައިފިން. އެ މައްސަލަ ހައްލުކުރުުމުގެ މަސައްކަތް އެތަން ހެދި ކުންފުނިން މިހާރު ވަނީ ފަށާފައި. އެތަން ވެއްޓުނީ މަސައްކަތުގެ ފެންވަރު ދަށްވެގެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެސް ޖޭ ކޮންސްޓްރަކްޝަންގެ އޮފިޝަލަކު ވިދާޅުވީ އެ ސްކޫލްގެ ސީލިންގުން ބައެއް ވެއްޓިފައިނުވާ ކަމަށެވެ. އެތަނުގައި އިތުރު ލައިޓްތަކެއް ހަރުކުރާތީ ސީލިން ނައްޓާލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަލަށް ހެދި އިމާރާތުގައި ހިމެނެނީ ކްލާސް ރޫމްތަކުގެ އިތުރުން ލައިބްރަރީ އާއި ލެބޯޓަރީއަކާއި ލައިބްރަރީ އަދި ޕްރިންސިޕަލްގެ ރޫމާއި އޮފީސް ބަޔެކެވެ.

އަތޮޅުތެރޭގައި އިމާރާތްކުރި ޖާގައިގެ ގޮތުން އެންމެ ތަނަވަސް ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އެ އިމާރާތުގައި ހާއްސަ ދެ ކްލާސް ރޫމް ހާއްސަކޮށްފައިވެ އެވެ. އަދި ސައިންސް ތިން ލެބު ހުރެ އެވެ. މީގެ އިތުރުން ޓްރެއިނިން ހޯލަކާއި ކެފޭއެއްގެ އިތުރުން މުޅި ރާއްޖޭގައި ވެސް ހުރި އެންމެ ބޮޑު ލައިބްރަރީ ހަދާފައިވަނީ ވެސް މި އިމާރާތުގަ އެވެ.

ނާސަރީން ފެށިގެން ގްރޭޑު 12 އަށް ކިޔަވައިދެމުން އަންނަ މިލަންދޫ ސްކޫލްގައި 800 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.