ކްއެންޓިން ޓެރެންޓީނޯގެ އާ ފިލްމްގެ ބަތަލަކަށް ރޯލް ލިއޮނާޑޯ ޑި ކެޕްރިއޯ ހަމަޖައްސައިފި
ކްއެންޓިން ޓެރެންޓީނޯގެ އާ ފިލްމްގެ ބަތަލަކަށް ރޯލް ލިއޮނާޑޯ ޑި ކެޕްރިއޯ ހަމަޖައްސައިފި

މަޝްހޫރު ޑައިރެކްޓަރު ކްއެންޓިން ޓެރެންޓީނޯގެ ވަދާއީ ޑައިރެކްޝަން ކަމަށް ބެލެވޭ، އަދި ވަކި ނަމެއް އިއުލާންކޮށްފައި ނުވާ ފިލްމްގެ ބަތަލުގެ ރޯލަށް ލިއޮނާޑޯ ޑި ކެޕްރިއޯ ހަމަޖައްސައިފި އެވެ.

ކްއެންޓިން ޓެރެންޓީނޯގެ އާ ފިލްމްގެ ބަތަލަކަށް ރޯލް ލިއޮނާޑޯ ޑި ކެޕްރިއޯ ހަމަޖައްސައިފި
ކްއެންޓިން ޓެރެންޓީނޯގެ އާ ފިލްމްގެ ބަތަލަކަށް ރޯލް ލިއޮނާޑޯ ޑި ކެޕްރިއޯ ހަމަޖައްސައިފި

ސޮނީން ޕިކްޗާޒް އަށް ޑިސްޓްރިބިއުޝަން ރައިޓްސް ލިބިފައިވާ އަދި 1969 ގައި ހިނގާ ގަތުލުތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓް، 9، 2019 އަށެވެ.

މި ފިލްމްވެގެން ދާނީ 2012 ގައި ރިލީޒް ކުރި "ޖާންގޯ އަންޗެއިންޑް" އަށް ފަހު ޓެރެންޓީނޯ އާއި ލިއޮނާޑޯ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ. އަދި މިއީ 2016 ގައި ލިއޮނާޑޯ އެންމެ މޮޅު އެކްޓަރުގެ އޮސްކާ ހޯދި "ދަ ރިވެނަންޓް" އަށް ފަހު ޖުޅޭ ފުރަތަމަ ފިލްމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލިއޮނާޑޯއާ އެކު ފިލްމްގެ މުހިއްމު ރޯލެއް ކުޅެން އަލް ޕަޗީނޯ ގެންނަން ވެސް ޓެރަންޓީނޯގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ. ނަމަވެސް ފިލްމްގައި ދެން ހިމެނޭ ކާސްޓާއި މީގެ މަސައްކަތް ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ފިލްމްވެގެން ދާނީ އޮސްކާ ވެސް ހޯދާފައިވާ ޓެރަންޓީނޯގެ 10 ވަނަ ޑައިރެކްޝަނަށެވެ. އޭނާ ވަނީ 10 ވަނަ ފިލްމް ޑައިރެކްޓްކޮށްފައި، ޑައިރެކްޝަނާ ދުރުވާން ނިންމާފައިވާކަން 2016 ގައި އިއުލާންކޮށްފަ އެވެ. އެކަމަކު "ސްޓާ ޓްރެކް" އާ ފިލްމްގެ ޑައިރެކްޓަރުގެ ގޮނޑި އަށް ޓެރަންޓޯނީ ގޮސް ދާނެ ކަމުގެ އިޝާރާތްތަކެއް ވެސް އޭނާ ދީފައިވެ އެވެ.