މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ލަންދޫ ކައުންސިލަރެއް ހައްޔަރުކޮށްފި
މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ލަންދޫ ކައުންސިލަރެއް ހައްޔަރުކޮށްފި

ނ. ލަންދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އެ ރަށު ކައުންސިލަރެއް ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ލަންދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި 28 އަހަރުގެ ޒުވާން ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ރަށުގެ އެމްޑީޕީ ކައުންސިލަރު އަބްދުﷲ އާރިފެވެ.

އޭނާ ހައްޔަރުކޮށް، އެ ރަށު ބަނދަރުގައި އޮތް ސަޕްލައި ދޯންޏެއް ބަލައި ފާސްކުރި އިރު 25 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައި ވެ އެވެ. އަދި އެ އެއްޗެހި ފެނިފައިވަނީ އޭނާގެ ނަމުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ކަމަށް ވެސް ވެބްސައިޓުގައި ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.