ބަންޑުން ޖަހާލާފައި އޮތް ލަންކާގެ މަސްބޯޓެއް ފެނިއްޖެ
ބަންޑުން ޖަހާލާފައި އޮތް ލަންކާގެ މަސްބޯޓެއް ފެނިއްޖެ

ބަންޑުން ޖަހާލާފައި އޮތް، ސްރީލަންކާގެ މަސްބޯޓެއް ށ. އަތޮޅު ސަރަހައްދުން މިއަދު ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ށ. އަތޮޅާ 73 މޭލު ބޭރުން ބަންޑުން ޖަހާލާފައި އޮތް ބޯޓެއް ފެނުނީ ރ. މަޑުއްވަރީ މަންފާ ބޯޓަށެވެ. އެ މަސް ބޯޓު ކަފު ޖަހައިގެން މަޑުއްވަރި އަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބަންޑުން ޖަހައިލި އެ ބޯޓުގައި އެއްވެސް މީހަކު ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ސިފައިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު މަސްބޯޓުތަކެއް ދިވެހި ސިފައިން ވަނީ މި ފަހުން ވެސް ހޯދައިފަ އެވެ. މިދިޔަ މަހު ވެސް ހއ. ތުރާކުނުގެ 62 މޭލު ބޭރުން ހަތް މީހުން ތިބި ބޯޓެއް އަދި ނ. މަނަދޫ ސަރަހައްދުން ވެސް ބޯޓެއް ހޯދާފައި ވެ އެވެ.