13 ޖެނުއަރީ 2018 - 05:35

އަކްޝޭ ކުމާރުގެ "ކެސާރީ"ގެ ބަތަލާ އަކީ ޕަރިނީތީ ޗޯޕްރާ ކަން އިއުލާން ކޮށްފި އެވެ. ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ކުރި ޓުވީޓެއްގައި މިކަން ވަނީ ޔަގީން ކޮށްދީފަ އެވެ.
ކަރަން މިކަން އިއުލާން ކުރަން ކުރި ޓުވީޓްގައި އަކްޝޭގެ ފޮޓޯއެއް އިނދެގެން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ކަރަން އަށް މަލާމާތްކޮށް ތަފާތު ޓުވީޓްތައް ކޮށްފައިވެ އެވެ. އެންމެފަހުން ކަރަން އަށް އެކަން ބޮޑުވެގެން ޕަރިނީތީގެ ފޮޓޯއެއް ޖަހާފައި އިތުރު ޓުވީޓެއް ކޮށްފައިވެ އެވެ.
"ކެސާރީ" ވެގެން ދާނީ އަކްޝޭ އާއި ޕަރިނީތީ އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. ފިލްމުގެ ޝޫޓިން މި މަހު ތެރޭ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
"ކެސާރީ" އަށް ޕަރިނީތީ ހޮވާފައި ވަނީ "ގޯލްމާލް އެގެއިން" ގައި އޭނާ ދެއްކި ހުނަރު އަކްޝޭ އާއި ކަރަން ޖޯހަރް އަށް ފެނި "ކެސާރީ"ގެ ރޯލަށް ޕަރިނީތީ ވަރުގެ ބަތަލާއެއް ނެތް ކަމަށް ގަބޫލު ކުރެވިގެންނެވެ.
"ކެސާރީ" އަކީ 1897 ގައި ސިކުން ކުރި ސަރަގަރްހީ ކިޔާ ހަނގުރާމައެއްގެ މައްޗަށް ކުޅޭ ފިލްމެކެވެ.