ރެޑް ވޭވްގެ 9 ވަނަ ފިހާރަ ހުޅުވައިފި
ރެޑް ވޭވްގެ 9 ވަނަ ފިހާރަ ހުޅުވައިފި

ބަދިގެ އާއި ގެއަށް ބޭނުންވާ ސާމާނަށް ހާއްސަކޮށްގެން ރެޑް ވޭވްގެ ނުވަ ވަނަ ފިހާރަ މާލޭގައި މިއަދު ހުޅުވައިފި އެވެ.

ރެޑް ވޭވްގެ 9 ވަނަ ފިހާރަ ހުޅުވައިފި
ރެޑް ވޭވްގެ 9 ވަނަ ފިހާރަ ހުޅުވައިފި

ސީޒާރީ ގޯޅީގައި ހުންނަ އެ ފިހާރައިގައި ބޭއްވި ކުޑަ ހަފުލާއެއްގައި އެތަން ރަސްމީކޮށް ހުޅުވައިދެއްވީ ރެޑް ވޭވްގެ ޖެނެރަލް މެނޭޖަރު އަލީ ޝަހީމެވެ.

ރެޑް ވޭވްގެ 9 ވަނަ ފިހާރަ ހުޅުވައިފި
ރެޑް ވޭވްގެ 9 ވަނަ ފިހާރަ ހުޅުވައިފި

އޭނާ ވިދާޅުވީ އެ ތަނުން ވެސް ރެޑް ވޭވްގެ އެހެން ފިހާރަތަކުން ލިބެން ހުރި ހުރިހާ މުދަލެއް އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ، ވީހާ ވެސް ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް އެއްޗެހި ގަނެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ކަމަށް ވިދާޅުވި އެވެ.

ރެޑް ވޭވްގެ 9 ވަނަ ފިހާރަ ހުޅުވައިފި
ރެޑް ވޭވްގެ 9 ވަނަ ފިހާރަ ހުޅުވައިފި

"ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް މާލޭގެ ހުރިހާ ސަަރަހައްދެއްގައި ވެސް އަޅުގަނޑުމެންގެ ފިހާރަތައް ހުޅުވަން ވަނީ ނިންމައިފައި،" ޝަހީމް ވިދާޅުވި އެވެ.

މިއަދު ހުޅުވި ފިހާރައިން ވެސް އަގު ހެޔޮކޮށް ގިނަ ސާމާނުތަކެއް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެޑް ވޭވުން ވަނީ ހުޅުމާލޭގެ ނެއިބާ ހުޑް އެކެއްގައި ބޮޑު ސުޕަ މާކެޓެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ފަށައިފަ އެވެ. ހުޅުމާލޭގައި ހަދާ ރެޑް ވޭވްގެ މެގަ މޯލް އަންނަ އަހަރުގެ ރޯދަ މަހަށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ މަހާއި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ރެޑް ވޭވުން ވަނީ އާ ފިހާރައެއް ހުޅުވައިފަ އެވެ. ފަރުނީޗަރަށް ހާއްސަކޮށްގެން މާލޭގައި އަންނަ މަހު ފިހާރައެއް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ޝަހީީމް ވިދާޅުވި އެވެ.