ގޭމް އޮފް ތްރޯންސްގެ މޭސީ ވިލިއަމްސް އާ ގޮތަކަށް އިސްތަށިގަނޑު ސްޓައިލްކޮށްފި
ގޭމް އޮފް ތްރޯންސްގެ މޭސީ ވިލިއަމްސް އާ ގޮތަކަށް އިސްތަށިގަނޑު ސްޓައިލްކޮށްފި

ގޭމް އޮފް ތްރޯންސް ސީރީޒް ވަރަށް މަގުބޫލެވެ. އެ ސީރީޒްގައި އުޅޭ ކެރެކްޓާތަކުގެ ތެރެއިން އާރްޔާ ސްޓާކް އަކީ ވަރަށް ގިނަ ބައެއްގެ ހިތް ޖެހިފައިވާ ޒުވާން އަދި ހިތްވަރުގަދަ ކެރެކްޓާއެކެވެ. އާރްޔާ ސްޓާކްގެ ރޯލު ކުޅޭ އެކްޓަ މޭސީ ވިލިއަމްސް އަކީ ވެސް ހަމަ އެހާމެ ހީވާގި ޒުވާނެކެވެ.

ގޭމް އޮފް ތްރޯންސްގެ މޭސީ ވިލިއަމްސް އާ ގޮތަކަށް އިސްތަށިގަނޑު ސްޓައިލްކޮށްފި
ގޭމް އޮފް ތްރޯންސްގެ މޭސީ ވިލިއަމްސް އާ ގޮތަކަށް އިސްތަށިގަނޑު ސްޓައިލްކޮށްފި

މިމަހު ކުރީކޮޅު ވައިރަލްވި ވީޑިއޯއެއްގައި، މޭސީ އާއި އޭނާގެ ގޭމް އޮފް ތްރޯންސް ކޯ ސްޓާރުން ގްރީސް އަށް ދަތުރުކޮށް ސީރިއާގެ ރެފިޔުޖީއިންނާ ބަދަލުކޮށް، އެމީހުންގެ ވާހަކަތައް އާއްމުންނާ ހިއްސާކުރި އެވެ. ހިތްތިރި ހުނަރުވެރި އެކްޓަރެއްގެ އިތުރުން މޭސީ އަކީ އޭނާގެ ތަފާތު ސްޓައިލެއް ވެސް ގެންގުޅޭ ކުއްޖެކެވެ.

މޭސީގެ މުށި ކުލައިގެ އިސްތަށިގަނޑަކީ އޭނާ ގޭމް އޮފް ތްރޯންސްގައި ވެސް އިސްތަށިގަނޑުގެ ކުލަ އެވެ. ނަމަވެސް، ވަރަށް ފަހުން ލަންޑަންގައި އޮތް ޕާޓީއަކަށް އޭނާގެ މުޅި އިސްތަށިގަނޑު ނޫ ކުލައިގެ ކަޅަކަށް ބަދަލުކޮށްފައި ހުރިތަން ދައްކާލި އެވެ.

އަނެއްކާ ވެސް އޭނާގެ އިސްތަށިގަނޑު ބަދަލުކޮށްލާނެކަމަށް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ.

އެންމެ ފަހުގެ "މާމެއިޑް ހެއާ" ޓްރެންޑު ކަމުގޮސްގެން، މޭސީގެ މަޝްހޫރު ހެއާ ސްޓައިލިސްޓް ސެނިޒް ލައްވާ އިސްތަށިގަނޑު ގަދަ ނުލަކަށް ބަދަލުކޮށްލައިފި އެވެ. ނިމިގެންދިޔަ ފޯރިގަދަ ވިމްބެލްޑަން މެޗު ބަލައިލަން މޭސީ ދިޔައީ އޭނާގެ އިސްތަށިގަނޑު އެއް ފަޅިއަށް ސްޓައިލުކޮށްލައިގެން ގަދަ ނޫ ޖެކެޓަކާ އެކު ހުދު ޓޮޕެއް ލައިގެންނެވެ. އެ މެޗު ބަލަންދިޔަ ސެލެބްރިޓީންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ މޭސީ އެވެ. އޭނާގެ އާ އޮމްބާ މާމެއިޑް އިސްތަށިގަނޑުގެ ސަބަބުންނެވެ.

ގޭމް އޮފް ތްރޯންސްގެ އާ ސީޒަންގައި އާރްޔާ ސްޓާކްގެ އިސްތަށިގަނޑު ވެސް ހުންނާނީ މިހެންތޯ ވެސް ބައެއް މީހުން މިހާރު އެބަ ސުވާލު ކުރެ އެވެ.