11 ޖުލައި 2016 - 23:53

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިރޭ ޕޮލިހަށް ހާޒިރުކުރީ މީޑިއާއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މީޑިއާއެއްގައި ޝިފާޒު ވަނީ ފުލުހުންގެ މުއައްސަސާގައި ތިބި ކޮރަޕްޓް އޮފިސަރުންނާއި ޢައިރު ގާނޫނީ އަމުރު ކުރަނީ ކޮންބައެއްތޯ އަދި އެ އަމުރުތަކަށް ތަބާވަނީ ކޮންބައެއްކަމާ ގުޅޭގޮތުން ވާހަކަދައްކައިފަ އެވެ. އެހެންވެ އޭނާ ހާޒިރުކުރީ އެއީ ކޮންބައެއްތޯ ސާފުކުރަން ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ޕޮލިހަށް ހާޒިރުކޮށްފައިވަނީ އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިރޭ ބާއްވާ ހިނގާލުމުގައި ބައިވެރިވަޑައިގަތުމަށް އޭނާ ދިިރިއުޅުއްވާ ގެއިން ނިކުތްތަނުންނެވެ. އަދި މީގެ އިރުކޮޅެއް ކުރިން ޝިފާޒު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.