ގެސްޓްހައުސް ތަރައްގީކުރަން މުލިން ބިމެއް ކުއްޔަށް ދެނީ
ގެސްޓްހައުސް ތަރައްގީކުރަން މުލިން ބިމެއް ކުއްޔަށް ދެނީ

ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް ބިމެއް ކުއްޔަށް ދޫކުރަން ނިންމާ، ދެ ވަނަ ފަހަރަށް މ. މުލީ ކައުންސިލުން އިއުލާންކޮށްފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގެސްޓްހައުސް ތަރައްގީކުރަން ދޫކުރަން ނިންމާފައި ވަނީ 4000 އަކަފޫޓުގެ ބޮޑު ބިމެއް ކަމަށެވެ،

ކައުންސިލުން ބުނީ އެ ބިން ކުއްޔަށް ދޭން ފުރަތަމަ ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށެވެ.

ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.

ކުއްޔަށް ދޫކުރަން ނިންމާފައިވާ މި ބިމަކީ މޫދާ ކައިރި ސަރަހައްދެއްގައި އޮންނަ ބިމެކެވެ. ކައުންސިލުން ބުނި ގޮތުގައި އެ ސަރަހައްދަކީ ގެސްޓްހައުސެއް ހިންގުމަށް އެކަށީގެންވާ ސަރަހައްދެކެވެ.

މުލީގައި ގެސްޓްހައުސްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ބައެއް ތަންތަން އެބަހުރި ކަމަށް ކައުންސިލުން ބުންޏެވެ. އެކަމަކު އެ ތަންތަނަށް ގެސްޓުންނެއް އަދި ނާދެ އެވެ.