09 ޖެނުއަރީ 2018 - 14:58

ބެންކޮކް (ޖެނުއަރީ 9) - ނޫސްވެރިންގެ ސުވާލުތަކުން ސަލާމަތްވުމަށް ތައިލެންޑުގެ ބޮޑު ވަޒީރު ޕްރަޔުތު-ޗަން-އޮކާ އާ ކަމެއް ކުރައްވައިފި އެވެ.
ގަވަރްމަންޓް ހައުސްގެ ބޭރުގައި އޯޑިއެންސާ ބައްދަލުކޮށް ކުރު ބަޔާނެއް ދެއްވުމަށް ފަހު ޕްރަޔަތު ވަނީ ނޫސްވެރިން ސުވާލު ކުރަންވާއިރަށް އޭނާގެ އިސްކޮޅު ސައިޒުގެ ފޮޓޯއެއް ބެހެއްޓުމަށް ފަހު ޕޯޑިއަމް ދޫކުރައްވާ ވަޑައިގެންފަ އެވެ.
"ސިޔާސީ ކަންކަމާ ބެހޭ ގޮތުން ސުވާލު ކުރަން ބޭނުން ނަމަ މި މީހާއާ (ފޮޓޯއާ) ސުވާލު ކުރޭ،" އޯޑިއެންސަށް އަތުން އިޝާރަތް ކުރެއްވުމަށް ފަހު ވަޑައިގަންނަވަމުން ޕްރަޔަތު ވިދާޅުވި އެވެ.
ތައިލެންޑަށް 2014 ވަނަ އަހަރު އަސްކަރީ ބަޣާވާތް ގެނައުމުގައި އިސްކޮށް ހުންނެވީ ޕްރަޔަތެވެ. އޭނާ އަށް ފަހުން ވަނީ ބޮޑު ވަޒީރުކަން ލިބިވަޑައިގެންފަ އެވެ. އާ އިންތިޚާބެއް ބާއްވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ތަފާތު ފަހަރު މަތިން ދަނީ އެކަން ފަސް ކުރަމުންނެވެ. އިންތިޚާބީ ނިޒާމް ބަދަލު ކުރަން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ތައިލެންޑުގައި އެޕްރީލް މަހު ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގައިފަ އެވެ.