ދިރާގުން 15 ޖީބީ ޑޭޓާ ލިބޭ ޕޯސްޓްޕެއިޑް ޕެކޭޖެއް ތައާރަފް ކޮށްފި
ދިރާގުން 15 ޖީބީ ޑޭޓާ ލިބޭ ޕޯސްޓްޕެއިޑް ޕެކޭޖެއް ތައާރަފް ކޮށްފި

ދިރާގުން 15 ޖީބީ ޑޭޓާ ލިބޭ ޕޯސްޓްޕެއިޑް ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.

"ސްމާޓް ޕްރިމިއަމް ޕްލަސް"ގެ ނަމުގައި ތައާރަފް ކުރި މި ޕެކޭޖުގައި 15 ޖީބީ ޑޭޓާގެ އިތުރުން ރާއްޖޭގެ ހުރިހާ ނެޓްވޯކެއްގެ ނަންބަރުތަކަށް 5،000 ހިލޭ މިނެޓާއި ބޭނުން ތިން ނަންބަރަކަށް ހިލޭ ގުޅުމަށް 8،600 މިނެޓް ޓޯކްޓައިމް ލިބެ އެވެ.

ދިރާގުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މަހުފީ ގޮތުގައި 999ރ. ދައްކަން ޖެހޭ މި ޕެކޭޖުގައި 3،000 އެސްއެމްއެސް އާއި ކަސްޓަމަރު ބޭނުންވާ ކޮންމެސް އެއް ގައުމަކަށް 50 ޕަސެންޓު ޑިސްކައުންޓާ އެކީ ގުޅާލެވޭނެ ކަމަށެވެ.

މި ޕެކޭޖަކީ، ދިރާގުގެ ބަޔާނުގައި ވާ ގޮތުގައި، އެ ކުންފުނީގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ޕެކޭޖެކެވެ.

ދިރާގުން ވަނީ ވަރަށް ފަހުން ވެސް ދިރާގުގެ ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، ބައެއް ޕެކޭޖުތަކުގެ އަގު ހެޔޮ ކޮށް، ބައެއް ޕެކޭޖުތަކުގެ ޑޭޓާ އެލަވަންސް އިތުރުކޮށްފައިވާ އިރު އާ ޕެކޭޖުތަކެއް ވެސް ތައާރަފް ކުރި އެވެ.

އަލަށް ތައާރަފް ކުރި މި ޕެކޭޖާ އެކު، ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ފެތޭގޮތަށް ފަރުމާ ކޮށްފައިވާ ހަ ޕޯސްޓްޕެއިޑް ޕެކޭޖް ދިރާގުގެ ކަސްޓަމަރުންނަށް މިހާރު ލިބޭނެ ކަމަށް ބަޔާނުގައި ވެ އެވެ.