09 ޖެނުއަރީ 2018 - 12:05

އާ އަހަރާ ދިމާކޮށް، ގަތަރު އެއާވޭސްއިން "ގްލޯބަލް ޓްރެވަލް ބޮޓީކް"ގެ ނަމުގައި، 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ގަތަރު އެއާވޭސް އިން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ މިއަދުން ފެށިގެން، މި އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހާ ހަމައަށް ދަތުރު ކުރާ މީހުންނަށް ކަމަށެވެ. އަދި ޑިސްކައުންޓް ލިބޭނީ މިއަދުން ފެށިގެން، މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ބުކިން ހައްދާ މީހުންނަށެވެ.
ޑިސްކައުންޓްގެ އިތުރުން، ޕްރޮމޯޝަންގައި، ޓިކެޓް ނަގާ މީހުންނަށް ގަތަރު އެއާވޭސް ޕްރިވިލެޖް ކްލަބުން އެއް މިލިއަނާ ހަމައަށް ކިއުމައިލްސް އާއި އިތުރު އިނާމުތައް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އަދި ގަތަރުގެ ޑިއުޓީ ފްރީން ވެސް ބޮޑެތި ޑިސްކައުންޓްތަކާއި އިނާމުތައް ލިބޭނެ އެވެ.
ޕްރޮމޯޝަންގައި، ގަތަރު އެއާވޭސްގެ ވެބްސައިޓުން ޓިކެޓް ނަގާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ 10 މީހަކަށް 100،000 ކިއުމައިލްސް ލިބޭނެ އެވެ. އަދި ގަތަރު އެއާވޭސް ހޮލިޑޭސްގެ ފަރާތުން، ގުރުއަތުން ހޮވޭ ކޮންމެ 10 މީހަކަށް، ދެ މީހަކަށް ތިން ރޭގެ ހޮޓާ ސްޓޭ ވައުޗާއެއް ދޫކުރެ އެވެ.
ގަތަރު އެއާވޭސް އިން ބުނީ މިއީ ހުރިހާ ފެންވަރެއްގެ ދަތުރުވެރިންނަށް ވެސް ބައިވެރިވެވޭ ޕްރޮމޯޝަނެއް ކަމަށެވެ. އެގޮތުން "ކޮންޕޭނިއަން އޮފާ" ގެ ނަމުގައި، ބިޒްނަސް އަދި ފަސްޓް ކްލާހުގެ ދަަތުރުވެރިންނަށް ވެސް ބޮޑެތި ޑިސްކައުންޓްތަށް ދޭނެ އެވެ.
ކުޑަކުދިން ގޮވައިގެން ދަތުރުކުރާ އާއިލާ ތަކަށް ވެސް މި ޕްރޮމޯޝަންގައި "ކިޑްސް ސްޕެޝަލް އޮފާ"ގެ ނަމުގައި ޚާއްސަ ޑިސްކައުންޓްތައް ލިބޭނެ އެވެ.
މީގެ އިތުރުން އަލަ މާހާ ސާވިސަސްގެ ޚިދުމަތްތަކާއި ލައުންޖް އެކްސެސް އިން ވެސް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓެއް ދެ އެވެ. އަދި ވެސް ގަތަރު އެއާވޭސް އިން ދެމުން އަންނަ އެހެނިހެން ގިނަ ހިދުމަތްތަކުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.
ގަތަރު އެއާވޭސް އިން ބުނިގޮތުގައި، އެ އެއާލައިންގެ ދަތުރުތައް މި އަހަރު އިތުރަށް ފުޅާ ކުރާނެ އެވެ. އެގޮތުން މި އަހަރުގެ ތެރޭގައި، ތައިލެންޑާއި މެލޭޝިއާގެ އިތުރުން އޮސްޓްރޭލިއާގެ އާ މަންޒިލްތަކަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ގަތަރު އެއާވޭސްއިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ވެސް އާ މަންޒިލްތަކަށް މި އަހަރުގެ ތެރޭގައި އެ އެއާލައިނުން ދަތުރުތައް ފަށާނެ އެވެ.