ވެކްސިން ޖަހަންޖެހޭ ދުވަސް އަންގާ ކަމަރެއް
ވެކްސިން ޖަހަންޖެހޭ ދުވަސް އަންގާ ކަމަރެއް

ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެކްސިން ނުދެވި ތަފާތު ބަލިބަލީގެ ޝިކާރައަކަށްވާ ކުދިން ވަރަށް ގިނައެވެ. އެ ފަދަ ގައުމުތަކުގައި ގާއިމުކޮށްފައިވާ ކްލިނިކްތަކުން ކިތަންމެ ބަރާބަރަށް ކުދިންނަށް ވެކްސިން ދިނުމަށް މަސައްކަތް ކުރިޔަސް ބެލެނިވެރިންނާއި މައިންބަފައިންގެ ހޭލުންތެރިކަން ކުޑަވުމުންނާއި ހަނދާންކޮށްދޭނެ މާގިނަ ވަސީލަތްތަކެއް ނެތުމުން ވެކްސިން ޖަހަން ޖެހޭ ދުވަސް ހަނދާން ނެތެ އެވެ.

ވެކްސިން ޖަހަންޖެހޭ ދުވަސް އަންގާ ކަމަރެއް
ވެކްސިން ޖަހަންޖެހޭ ދުވަސް އަންގާ ކަމަރެއް

އިގިރޭސިވިލާތުގެ ޓައިމްސްޓްރިޕް ކުންފުނިން މިކަމަށް ހައްލެއް ގެނައުމަށްޓަކައި އުފެއްދީ ތުުއްތުކުދިންގެ ފައިގެ ތަނބިކަށީގައި އެޅޭވަރުގެ ކުޑަ ކަމަރެކެވެ. މި ކަމަރުގެ ޕްލާސްޓިކް މޫނުމައްޗަށް ފިތާލުމުން ދެން ވެކްސިން ދޭންޖެހޭ ދުވަހާ ދެމެދު އޮތީ ކިހާ ވަގުތެއްކަން އަންގައިދެއެވެ.

ވެކްސިން އިންޑިކޭޓަ ރިމައިންޑަ (ވީއައިއާރް) ކަމަރު ލިބެން ހުންނަނީ ތިން ކުލައަކުންނެވެ. މިއިން ކޮންމެ ކުލައަކުން ވެސް ދެން ޖަހަންޖެހޭ ވެކްސިންއާ ދެމެދު އޮތް މުއްދަތު އަންގައިދެއެވެ. ކުދިންގެ ފައިގައި އަޅުވަންވީ ކޮން ކުލައެއްގެ ކަމަރެއްކަން ދެނެގަންނާނީ ކްލިނިކްތަކުންނެވެ. ކުލަ ބަދަލުކޮށް ކަމަރު އަޅުވައިދޭނީ އެކުއްޖަކު ވެކްސިން ޖަހަންދާ ކްލިނިކަކުންނެވެ. މައިންބަފައިންނަށް އޮތީ ކަމަރުގެ މޫނުމަތީގައި އަތްޖައްސާލައި އޮބާލައިގެން ފެންނަ ނިޝާނަށް ބަލައިގެން، ކްލިނިކުން އެޕޮއިންޓްމަންޓް ހޯދަން ދުރާލާ މަސައްކަތްކުރުމެވެ.

ޕާކިސްތާނާއި ނައިޖީރިޔާގައި އުފަންވާ ކުދިންގެ ފައިގާ މިހާރު މީގެ ވީއައިއާރް ކަމަރު އަޅުވަމުން އަންނަ ކަމަށްވެ އެވެ. ވީއައިއާރް ކަމަރަކީ ޕާކިސްތާނަށް އުފަން ނޫރު ސަބާހް ރަޚްޝާނީ، 2012 ވަނަ އަހަރު ފާޅުކުރި ޚިޔާލަކަށް އުފަންކުރި އެއްޗެކެވެ.