މިއީ އެކި ކަންކަމަށް ބޭނުންކުރެވޭ ޑްރޯންއެއް
މިއީ އެކި ކަންކަމަށް ބޭނުންކުރެވޭ ޑްރޯންއެއް

ޑްރޯންގެ އެކި ވައްތަރުތައް ހުރެއެވެ. އެންމެ ގިނައިން ފެންނަނީ މަޖަލަށް ޑްރޯން އަރުވައިގެން ދުއްވާ ތަނެވެ. ޕިޓާ ޑްރޯން ތިން ގޮތަކަށް ބޭނުންކުރެވޭނެ އެވެ.

ބޮޑުމިނުގައި 170 މިލިމީޓަރު އަދި ބަރުދަނުގައި 200 ގްރާމް ހުންނަ ޕިޓާ ޑްރޯންއަކީީ 4ކޭ ފެންވަރުގެ ވީޑިއޯ ނެގޭ ޑްރޯންއެކެވެ. އަތަށް ހެޔޮވަރު ކުޑަކުޑަ ބޯޅައެއްހެން އޮންނަ މި ޑްރޯންގެ ފިޔަގަނޑަކީ ބޭނުންވެއްޖެ ހިނދެއްގައި ވަކިން ދަގަތްފާނުގެެ ބާރުގައި އަޅުވާލެވޭ ގޮތަށް ހަދާފައިވާ ފިޔަގަނޑެކެވެ. ގޯޕްރޯއެއް ގޮތަށް ވެސް މީގެ ބޭނުންކުރެވެއެވެ. ދުއްވާ އެއްޗެއްގައި ހަރުކޮށްލައިގެން ނުވަތަ އަތަށް ނަގައިގެން ވެސް ބޭނުންކުރަންވީއެވެ.

ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގެ އިތުރަށް ޕިޓާ ޑްރޯންއަކީ ގޭގެ ސަލާމަތީ ކަންކަން ބަލަހައްޓައިދޭ ގޮތަށް ބަދަލުކުރެވޭ ސެކިއުރިޓީ ކެމެރާއެކެވެ.

މީގެ ޕިޓާ ޑްރޯން މި ވަގުތު އޯޑަރުކުރާ މީހުންނަށް ލިބޭނީ އޭޕްރީލް މަހު އެވެ. މިހާރު އޯޑަރުކުރާ މީހުންނަށް މީގެ ޑްރޯން ލިބެން ހުރީ 269 ޑޮލަރަށެވެ. އާންމުކޮށް ބާޒާރުގައި ލިބެން ހުންނާނީ އަންނަ އަހަރުގެ އޭޕްރީލްގެ ފަހުންނެވެ.