ޕާކިންސަންސްގެ ބަލިމީހުންނަށް ހިނގަން ފަސޭހަކޮށްދޭ ފާހަގައެއް
ޕާކިންސަންސްގެ ބަލިމީހުންނަށް ހިނގަން ފަސޭހަކޮށްދޭ ފާހަގައެއް

ޕާކިންސަންސް ބައްޔަކީ މީހާގެ ހަރަކާތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ބައްޔެކެވެ. މި ބަލީގެ މީހުންނަށް އެންމެ އާންމުކޮށް ދިމާވާ އެއް އުނދަގުލަކީ ހިނގާއިރު ހުއްޓުން އެރުމެވެ. ނޫނީ ގަނޑުވުމެވެ. އެ އުނދަގޫ ދިމާވުމުން ކުރިއަށް ފިޔަވަޅު އަޅާނެ ގޮތް ނޭނގި އެތައް އިރަކު ހުރެވެއެވެ. މި ބަލީގެ ބައެއް މީހުން ބުނާ ގޮތުން އެފަދަ ހާލަތްތަކުގައި އެންމެ ފަސޭހައީ ކުރިއަށް ފިޔަވަޅު އެޅޭނެގޮތަށް ހިތްވަރު ލިބޭނެ ކަހަލަ ނިޝާނެއް ފެނުމެވެ. ހިއްލިފައި އޮތް މަގުމަތީ ގަލެއް ވިޔަސް ނުވަތަ ކުރެހުމެއް ވިޔަސް ހެވެވެ.

މި ވިސްނުމުން ވިސްނައިގެން ޑެންމާކްގެ ލީޒް ޕޭޕް އުފެއްދި ޕާތު ފައިންޑަ އަކީ ޕާކިންސަންސްގެ ބަލިމީހުންނަށް އިތުރު ގެއްލުމެއް ނުލިބޭނެ ކަހަލަ ލުއިފަސޭހަކަމެކެވެ. ޕާތު ފައިންޑަ އަކީ ބޫޓުގެ މަތީގައި ހަރުކުރެވޭ ގޮތަށް ހުންނަ ބައްތިއެކެވެ. ބޭނުމަކީ ހިނގަމުންދާއިރު ކުރިމަތިން އަލި ރޮނގެއް އެޅުވުމެވެ. މީގެ އަޖުމަ ބެލި މީހުން ބުނާ ގޮތުގައި ފެހިކުލައިގެ އަލި ރޮނގުގެ މައްޗަށް ފިޔަވަޅު އަޅަން އުޅުނަސް ނޫނީ ގިރާކޮށްފަ ދާން އުޅުނަސް ކުރިޔަށް ފިޔަވަޅު އަޅަން ފަސޭހަވެއެވެ.

ޕާތު ފައިންޑާ އުފައްދާފައި ވަނީ ބޫޓުގައި އަޅުވާލެވޭ ގޮތަށް ހުންނަ ރަބަރު ފީތާއަކާއެކުއެވެ. ބޭނުން ކުރަންވީމަ ބޫޓުގެ އިނގިިލިތަކާ ދިމާ މަތީގައި އަޅުވާލާފައި، ބޫޓުގެ ދަށުން ރަބަރުގެ އަނެއް ކޮޅު ފުންނާބުގައި އަޅުވާލަންވީއެވެ. މީގެ ބޭނުންކުރާ މީހުން ދެކޭ ގޮތުގައި ޕާތު ފައިންޑާގެ އެހީގައި ހިނގުމުގެ ދުވެލި ވިއްސަކަށް މިނިޓް އަވަސްކަމަށް ދައްކައެވެ. މި އުފެއްދުން ބާޒާރަށް ނެރުނީ 2016 ވަނަ އަހަރުއެވެ.