ބަނޑުގައި ރިއްސާތީ ބެލިއިރު ބަނޑުގައި އޮތީ ސޯސް ޕެކެޓެއް
ބަނޑުގައި ރިއްސާތީ ބެލިއިރު ބަނޑުގައި އޮތީ ސޯސް ޕެކެޓެއް

ސިއްހީ ދާއިރާގައި ކިތަންމެ ބޮޑަށް ކުރިއަރައިގެން ދިޔަ ނަމަވެސް ބައެއް ފަހަރަށް ޑޮކްޓަރުންނަށް ވެސް ވާނުވާ ނޭނގޭ ކަހަލަ މައްސަލަތައް ދިމާވެ އެވެ. މިއީ ވެސް އެކަހަލަ ކަމެކެވެ.

އިނގިރޭސި ވިލާތުގެ 41 އަހަރުގެ އަންހެނެއްގެ ބަނޑުގައި ވަރަށް ގަދަޔަށް ރިއްސައި ބަނޑު ފުއްޕާފައި ހުންނަތާ ތިން ދުވަސް ފަހުން ޑޮކްޓަރަށް ދެއްކުމުން އޭނާގެ ބޮޑުކަމުދާ ނިޒާމުގައި ވަރަށް ބޮޑު ބައްޔެއް ހުރި ކަމަކަށް ޑޮކްޓަރުންނަށް ބެލެވުނެވެ. ޑޮކްޓަރުން ޔަގީންކުރީ އޭނާގެ ބައްޔަކީ ކްރޯންސް ޑިޒީޒް ކަމަށެވެ. މިއީ ފަރުވާ ކުރެވުނަސް މުޅިން ރަނގަޅު ކުރެވޭ ބައްޔެއް ނޫނެވެ.

ނަމަވެސް މި މީހާ އަށް ޑޮކްޓަރުން ދިން ފަރުވާއިން އެއްވެސް ލުޔެއް ނުލިބުމުން އެންމެ ފަހުން ކީ ހޯލް ސާޖަރީ ހަދައިގެން ބަލަން ޑޮކްޓަރުން ނިންމި އެވެ. ޑޮކްޓަރުން މިގޮތަށް ބެލިއިރު ހެއިންޒް ބްރޭންޑްގެ ޓޮމާޓޯ ކެޗަޕް ޕެކެޓެއް އެމީހާގެ ގޮހޮރުގައި އޮތުމުން އޭގެ ކަން ގޮހޮރަށް ހެރޭތަން ފެނުނެވެ.

މި މީހާއަށް ފަރުވާ ދިން ޑޮކްޓަރުން ބުނީ މިއީ ޕްލާސްޓިކް ޕެކެޓެއް ކެވިގެން އިންސާނަކަށް ކްރޯންސް ޑިޒީޒް ކަހަަލަ ބޮޑު ބައްޔެއް ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އިނގިރޭސި ވިލާތުގައި އެކަނިވެސް އަހަރަކު 115،000 މީހުންނަށް ކްރޯންސް ޑިޒީޒް ޖެހޭ ކަމަށްވެ އެވެ.