ގޯލްޑެން ގްލޯބްސް: މޮޅު ފިލްމަކަށް "ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ"
ގޯލްޑެން ގްލޯބްސް: މޮޅު ފިލްމަކަށް "ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ"

ވަރުގަދަ ހަތަރު އެވޯޑާ އެކު 75 ވަނަ ގޯލްޑެން ގްލޯބްސް އެވޯޑްސްގެ ޑްރާމާ ކެޓަގަރީން އެންމެ މޮޅު ފިލްމަކަށް "ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ" ހޮވިއްޖެ އެވެ.

ގޯލްޑެން ގްލޯބްސް: މޮޅު ފިލްމަކަށް "ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ"
ގޯލްޑެން ގްލޯބްސް: މޮޅު ފިލްމަކަށް "ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ"

އެ ފިލްމުން ދެން އުފުލައިލި އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ ބެސްޓް ސްކްރީންޕްލޭ (މާޓިން މެކްޑޮނާ)، ޑްރާމާ ކެޓަގަރީން އެންމެ މޮޅު ބަތަލާ (ފްރާންސެސް މެކްޑޯމަންޑް) އަދި ޑްރާމާ ކެޓަގަރީން އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ސޭމް ރޮކްވެލް) އެވެ.

މި ފަހަރު ހަތް ނޮމިނޭޝަނާ އެކު، ނޮމިނޭޝަން ލިސްޓްގެ ކުރި ހޯދި "ދަ ޝޭޕް އޮފް ވޯޓާ" ހާސިލް ކުރި އެވޯޑްތަކުގެ ތެރޭގައި ޑްރާމާ ކެޓަގަރީން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް (ގުލަމޯ ޑެލް ޓޯރޯ) އާއި އެންމެ މޮޅު އޮރިޖިނަލް ސްކޯ (އެލެގްޒެންޑާ ޑެސްޕްލަޓް) ހިމެނެ އެވެ.

ޓޮމް ހޭންކްސް (ދަ ޕޯސްޓް) އާއި ޑެނިއެލް ޑޭ ލުވިސް (ފެންޓަމް ތުރެޑް) ފަދަ އެކްޓަރުންނާ ވާދަކޮށް ޑްރާމާ ކެޓަގަރީން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލް ކުރީ ގެރީ އޮލްޑްމަން (ދަ ޑާކެސްޓް އަވާ) އެވެ.

* އެންމެ މޮޅު މިއުޒިކަލް/ކޮމެޑީ: ލޭޑީ ބާޑް

* އެންމެ މޮޅު ބަތަލު މިއުޒިކަލް/ކޮމެޑީ: ޖޭމްސް ފްރާންކޯ (ދަ ޑިޒާސްޓާ އާޓިސްޓް)

* އެންމެ މޮޅު ބަތަލާ މިއުޒިކަލް/ކޮމެޑީ: ސައޮސް ރޮނަން (ލޭޑީބާޑް)

* އެންމެ މޮޅު ސަޕޯޓިން ބަތަލު މިއުޒިކަލް/ކޮމެޑީ: އެލިސަން ޖެނީ (އައި، ޓޯނިއާ)

* އެންމެ މޮޅު އޮރިޖިނަލް ލަވަ މޯޝަން ޕިކްޗާ: ދަ ގްރޭޓެސްޓް ޝޯމަން (ދިސް އިޒް މީ)

* އެންމެ މޮޅު ބޭރު ފިލްމް: އިން ދަ ފޭޑް (ޖާމަނީ/ފްރާންސް)

* އެންމެ މޮޅު އެނިމޭޓެޑް ފިލްމް: ކޮކޯ

ފިލްމްތަކަށްދޭ އެވޯޑްތަކުގެ އިތުރަށް ގޯލްޑެން ގްލޯބްސްގައި މި ފަހަރު ވާދަ ކުރި ޓީވީ އުފެއްދުންތަކަށް ބަލާ އިރު ޑްރާމާ ކެޓަގަރީން އެންމެ މޮޅު ޓީވީ ސިލްސިލާއަކަށް ހޮވުނީ ހޫލޫގެ "ދަ ހޭންޑްމެއިޑްސް ޓޭލް" އެވެ.

އެންމެ މޮޅު ކޮމެޑީ ސިލްސިލާގެ މަގާމު އެމެޒޯންގެ "ދަ މާވެލަސް މިސިޒް މެއިޒްލް" އަށް ލިބުނު އިރު، ޓީވީ ފިލްމް ނުވަތަ ލިމިޓެޑް ސީރީޒުން އެވޯޑް އުފުލައިލީ އެޗްބީއޯގެ "ބިގް ލިޓްސް ލައިސް" އެވެ. އެއަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި ނިކޯލް ކިޑްމަންގެ އެންމެ މޮޅު ޓީވީ ފިލްމް ބަތަލާގެ އެވޯޑާއި އެންމެ މޮޅު ޓީވީ ފިލްމް ސަޕޯޓިން އެކްޓަރުގެ އެވޯޑް އެލެގްޒެންޑާ ސްކާސްގާޑް އަދި އެންމެ މޮޅު ޓީވީ ފިލްމް ސަޕޯޓިން ބަތަލާގެ މަގާމު ލައުރާ ޑާން ވަނީ ހާސިލްކޮށްފަ އެވެ.

* ޓީވީ ފިލްމް އެންމެ މޮޅު ބަތަލު: އިވާން މެކްގްރެގާ (ފާގޯ)

* ކޮމެޑީ ސިލްސިލާ އެންމެ މޮޅު ބަތަލު: އަޒީޒް އަންސާރީ (މާސްޓް އޮފް ނަން)

* ކޮމެޑީ ސިލްސިލާ އެންމެ މޮޅު ބަތަލާ: ރެޗެލް ބްރޮޒްނާހަން (ދަ މާވެލަސް މިސިޒް މެއިޒްލް)

* ޓީވީ ޑްރާމާ އެންމެ މޮޅު ބަތަލާ: އެލިޒަބަތު މޮސް (ދަ ހޭންޑްމެއިޑްސް ޓޭލް)

* ޓީވީ ޑްރާމާ އެންމެ މޮޅު ބަތަލު: ސްޓާލިން ކޭ. ބްރައުން (ދިސް އިޒް އަސް)

ހޮލީވުޑްގެ ތެރޭގައި އޮތް ޖިންސީ ފުރައްސާރައާ ދެކޮޅުކަން ދެއްކުމުގެ ގޮތުން ގާތްގަނޑަކަށް ހުރިހާ ފަންނާނުންހެން ކަޅު ހެދުމުގައި ހާޒިރުވި މި ފަހަރުގެ އެވޯޑްސް ހޯސްޓް ކުރީ ސެތު މޭޔާޒް އެވެ.