ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން
ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން

މި އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށާއި ތަފާތު ގޮތްގޮތުން "ދިމާކޮށްގެން" އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން
ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި، މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ތަކުރާރުކޮށް ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީތަކުން ވާދަކުރާ އިންތިޚާބެއްގައި އިރާދަ ކުރެއްވިއްޔާ ފުރަތަމަ ފަހަރަށް ރައީސް ޔާމީން އެއް ބުރުން މި ފަހަރު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން
ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ މެދުގައި އިންތިޚާބު ބާއްވަން ފެށި ފަހުން ކުރިއަށް ގެންދިޔަ ދެ އިންތިޚާާބު ވެސް ކާމިޔާބު ކުރައްވާފައި ވަނީ ދެ ވަނަ ބުރަކަށް ވޯޓު ލައިގެންނެވެ. އެގޮތުން 2008ގެ ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަދި 2013 ގައި ޕީޕީއެމްގެ ކެންޑިޑޭޓް މިހާރުގެ ރައީސް ޔާމީން ކާމިޔާބު ކުރެއްވީ ދެ ވަނަ ބުރުންނެވެ.

ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން
ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން

ރޭގެ ޖަލްސާގައި ނިހާން ވިދާޅުވީ، ފުރަތަމަ ބުރުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކުރައްވާ މަސައްކަތް ނުހުއްޓުވޭނެ ކަމަށާއި އެ ކަމުގައި އުޅޭ މީހުންގެ ފަހަތުގައި ބައިވަރު "ފަހުލަވާނުން" އެބަތިބި ކަމަށެވެ.

ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން
ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން

"އަޅުގަނޑުމެންގެ އެކަކު، އަޅުގަނޑުމެންގެ އެއް ސެކްޝަނަކަށް، އަޅުގަނޑުމެންގެ އެއް ދިމާލަކަށް، އަޅުގަނޑުމެންގެ އެއް ވަޒީރަކަށް، އަޅުގަނޑުމެންގެ އެއް މެމްބަރަކަށް، އަޅުގަނޑުމެންގެ އެއް އެމްޑީއަކަށް، އަޅުގަނޑުމެންގެ އެއް ފަހުލަވާނަކަށް އަމާޒުކޮށްގެން އެއްޗެހި ކިޔައިގެންނެއް އަޅުގަނޑުމެންގެ މި ބަދަހި ސަފުތަކެއް ނުގުޑާނެ،" ރައީސް ޔާމީން އެއް ބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން
ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން

ނިހާން ވިދާޅުވީ ބިނާކުރުމުގެ ފިކުރު ރާއްޖޭގައި ކުރިއެރުވުމަށް އޭނާ މަސައްކަތް ކުރައްވާތާ 12 އަހަރު ވެއްޖެ ކަަމަށާއި މިދިޔަ ދުވަސްތަކުގައި ލައްކަ ޖެއްސުންތަކާއި އުނދަގޫތަކެއް ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ. އެކަމަކު ބިނާކުރުމުގެ ފިކުރު ކުރިއެރުވުމުގެ މަސައްކަތް، އެ ގޮތަށް އެކަކާ ދިމާކޮށްގެން ވެސް ނުހުއްޓުވޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން
ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން

"އަޅުގަނޑުގެ ޓްވިޓާ އެކައުންޓް އެކްޓިވް ނުވިއްޔާ އޭގެ 10-12 ގުނަ އެކްޓިވް ކުރާނެ ޒުވާނުން އަޅުގަނޑުމެންގެ ކުރީ ސަފުން މި ފެންނަނީ،" ރޭގެ ޖަލްސާ އަށް ދިޔަ ޒުވާނުންނަށް އިޝާރާތް ކުރައްވަމުން ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން
ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން

ނިހާން ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ގާތްގަނޑަކަށް 25 އަހަރުގެ ތެރޭގައި، ދައުލަތުގެ ޚަރަދަށް ވުރެ އާމްދަނީ އިތުރުވީ ވެސް ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އަދި އެކަން ކާމިޔާބު ކުރެވުނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ސަރުކާރުގެ ފިކުރުގެ ބޭފުޅުންގެ މަސައްކަތުން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން
ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: ނިހާން

"އައްސަރި ބަހާއި ސާބަސް. އެއީ އަޅުގަނޑުމެން އެ މަނިކުފާނަށް [ރައީސް ޔާމީން] ވޯޓު ދޭން ނުކުންނަންޖެހޭ ސަބަބުތަކުގެ ތެރެއިން އެއް ސަބަބު. އެ މަނިކުފާނު ދާދި ފަހުން އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ، ވޯޓު ދޭން ވަޑައިގަންނަވާ ބޭފުޅަކަށް ވަރަށް ސާފުކޮށް ތިމަންނާ އަށް ވޯޓު ދޭންޖެހެއޭ. މާނައަކީ މިހާރު ދެން ވޯޓު ދޭންޖެހޭ މީހާ އެނގޭ ފަދައިން ސާފުކޮށް ދިވެހިރާއްޖޭގެ ކަންކަން މިހުރީ ފެންނަންށޭ،" ރައީސް ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ވޯޓު ދޭންޖެހޭ ގިނަ ކަންކަން މި ދައުރުގައި ކުރައްވާފައިވާކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ވޯޓު ދޭންޖެހޭ އެހެން ސަބަބެއްގެ ގޮތުގައި ނިހާން ދެއްކެވީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުން އިތުރަށް ކިޔެވުމަށް ރާއްޖެ އިން ބޭރަށް ދާނަމަ، އެ މީހެއްގެ މުސާރައާ އެއްވަރުގެ އިނާޔަތެއް ދޭން މި ސަރުކާރުން އަލުން ފެއްޓުމެވެ.

އޭނާ ވިދާޅުވީ އެ އުސޫލަށް އަމަލުކުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހުއްޓައިލި ކަމަށާއި އެކަމަކު 2014 ގައި އެކަން އަލުން ފައްޓަވައި ދެއްވީ ރައީސް ޔާމީން ކަމަށެވެ.

"ދިވެހިރާއްޖޭގެ ސިވިލް ސާވިސްގެ ހިތެއް އޮތް ކޮންމެ މުވައްޒަފަކު، ދިވެހިރާއްޖެއަކީ މާދަމާ ބޭނުންތެރި ގައުމެއް ކަމުގައި ދެކޭނެ ކޮންމެ ދިވެހި ރައްޔިތަކު ފަޚުރުވެރިކަމާ އެކު މި ރައީސް [ޔާމީން] ބަލައިގަންނަންޖެހޭ އެންމެ ކުޑަކުޑަ ނުކުތާއެއް އަޅުގަނޑު މި ދަންނަވާލީ ލައްކަ ބައިވަރު ވާހަކަ އާއި ލައްކަ ބައިވަރު ތަފާސްހިސާބު އަޅުގަނޑުމެންނަށް ދެއްކެން އެބައޮތް. އަކުރާއި ނަމްބަރުން ދެއްކެން އެބައޮތް،" ރައީސް ޔާމީންގެ ސަރުކާރުގެ ބައިވަރު ކާމިޔާބީތައް އެބަހުރިކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވަޒީރުން ކޮށްދެއްވާފައިވާ މަސައްކަތާއި އެ ބޭފުޅުން ހާސިލް ކުރައްވާފައިވާ މިންވަރު އަޅުގަނޑުމެންނަށް ކިޔައިދެވެން އެބަހުރި. މި ސްޓޭޖްތަކަކުން އަޑެއް ނުކެނޑޭނެ. މި ސްޓޭޖްތަކުގައި ހުންނާނީ އަހުމަދު ނިހާން އެކަންޏެއް ނޫން."

ނިހާން ވިދާޅުވީ މި ސަރުކާރުގެ ތެރެއިން، ގާނޫނާ ޚިލާފަށް ކުރިން ވެސް އަދި މިހާރު ވެސް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުގެ ހުކުމް ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ރައީސަކީ، މިހާރުގެ ރައީސް ޔާމީން ކަމަށެވެ. އަދި އެ ބާރު އޮންނަނީ ނިހާން ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުގަ އެވެ.

"މި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ތިމަންނާމެން ބޭނުންއިރަކު، ތެތްގޯނި އެޅުވޭ، ގުނބޯ ހެއްދޭ ބައެއް ކަމަށް ދުށް ޒަމާން ﷲ އިރާދަކުރެއްވިއްޔާ ވަކިވެ ހިނގައްޖެ. ދިވެހި ރައްޔިތުންގެ ތެރެއަށް ދެން އަލަކުން އެ ފިކުރާއި އެ ޒަމާން ގެނައުމަށް މަސައްކަތް ކުރާނެ ބަޔަކަށް ދިވެހިން ނުހެއްލޭނެ،" އޭނާ ވިދާޅުވި އެވެ.