ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު
ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު

ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ގައުމާ މެދު ވިސްނާ ވިސްނުން ބަދަލުކުރެއްވި ލީޑަރަކީ އެމަނިކުފާނު ކަމަށް ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު
ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި މުންދު ވިދާޅުވީ، ރާއްޖެއަކީ މުސްތަގުބަލެއް ނެތް، ކުޑަ ގައުމެއް ކަމަށް ބުނެ ވަރަށް ކުރިއްސުރެ ފެށިގެން ވާހަކަތައް ދައްކަމުން އައި ނަމަވެސް އެ ވިސްނުން ބަދަލުކުރެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި އޭރު "އަޅުގަނޑުމެންގެ ސައިޒް" ދައްކަމުން އައީ ވަރަށް ކުޑަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު
ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު

ނަމަވެސް ރައީސް ޔާމީން އެކަން ބަދަލުކުރައްވައި، ދިވެހިންނަކީ ވެސް ދުނިޔޭގެ އެންމެ ބާރުގަދަ އަދި ނުފޫޒު ގަދަ ގައުމުތަކާ ކޮނޑާކޮނޑު ހަމަކޮށްލެވޭ ވަރުގެ ގާބިލިއްޔަތުކަން ހުރި ބައެެއްކަން ދެއްކެވި ކަމަށް މުންދު ވިދާޅުވި އެވެ. އަދި ރާއްޖެއަކީ ވެސް އެފަދަ ގައުމުތަކާ އެއްވަރުގެ ތަރައްގީ ހައްގު ބައެއްކަން ރައީސް ޔާމީން އަންގަވައި ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު
ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު

"އަޅުގަނޑުމެންގެ ވިސްނުމަށް އެ ދޫކޮށްލެއްވީ މި ރައީސް. މިއަދު އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ސައިޒް ފެންނަނީ ކުރިން އަޅުގަނޑުމެންގެ ރައީސްކަން ކުރައްވާފައި ދިޔަ ބޭފުޅުން ވިސްނައި ދެއްވި ފެންވަރަކު ނޫން. އަޅުގަނޑުމެން މިއަދު ދިވެހިންނަށް ވީތީ ބޭރަށް ގޮސް މިތިބެނީ ފިސާރި ސައިޒުގައި، ފަހުރުވެރިވެފައި. އަޅުގަނޑުގެ ފަސް ފޫޓު ދެ އިންޗިއަށް ވުރެ މާ ބޮޑުކޮށް އަޅުގަނޑަށް އަޅުގަނޑު ފެންނަނީ ދިވެއްސަކަށް ވީތީވެ. އެއީ ހަގީގަތުގައި ޝަރަފެއް، އުފަލެއް،" މުންދު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު
ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު

އޭނާ ވިދާޅުވީ ރާއްޖެ އދ. ގައި ބައިވެރިވެފައިވާތާ 52 އަހަރު ވެފައިވާއިރު، އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމުގެ ވާހަކައެއް މީގެ ކުރިން އެއްވެސް ވެރިއަކު ނުދަައްކަވާ ކަމަށެވެ. އަދި އެކަން މިހާރު ހަގީގަތަކަށް ވާނެ ކަމަށް މުންދު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު
ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު

ޖަލްސާގައި އިންނެވި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް އިޝާރާތް ކުރައްވައި، މުންދު ވިދާޅުވީ އޭނާއަށް ތައުރީފު ނުކުރައްވާ ވެރިއަކު ޔޫރަޕްގައި ނެތް ކަމަށެވެ. އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރާއްޖެއިން ބޭރަށް ވަޑައިގެން ދެއްވާ ތަގުރީރުތައް ފޮތްފޮތުގައި މިހާރު ލިޔަމުން އަންނަ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު
ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު

"މިއީ ހިނގާ ކަންކަން. [ފޮތްފޮތް] ޕަބްލިޝް އެބަކުރޭ. ދަންނަވަން މިއުޅެނީ އަޅުގަނޑުމެންގެ ރާއްޖޭގެ ސައިޒް ބޮޑުވުމަށް ވުރެ ވަކި އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަމެއް އެބައޮތްތޯއޭ؟ މީގެ ކުރިން ބަޔަކު އެއްޗެއް ދިއްކޮށްލީމާ އަޅުގަނޑުމެންނަށް ވިސްނައިދީފައި މި އޮންނަނީ އެމީހުން ރުޅި އަތުވެދާނެއޭ. ވިސާއަށް ދަތިވެދާނެއޭ. ލައިގެން ކާނެ އެއްޗެއް ނުލިބިދާނެއޭ. ހިލަ އާއި ހިލަވެލި ދަތިވެދާނެއޭ. އެހެންވީމާ ތިބޭށޭ ބަސް އަހައިގެން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު
ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު

މުންދު ވިދާޅުވީ ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ އަދި މެލޭޝިއާއާ ރާއްޖެއިން މިހާ ބޮޑަށް ގުޅުން ބަދަހިކުރި ދުވަސްވަރެއް ނާންނަ ކަމަށެވެ. ޖަޕާންގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު އެންމެ ފަހުން ފުރުއްވި މުންދު ފާހަގަކުރެއްވި ގޮތުގައި ޖަޕާންގެ ފޮރިން މިނިސްޓަރަކު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވީ ވެސް އިހަށް ދުވަހު، ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ.

"...އެބޭފުޅުންގެ ބަހުރުވައަކުން ވިދާޅެއް ނުވޭ ކަލޭމެން ވަރަށް ކުޑަވީމާ، އަހަރެމެންނަށް އެއްޗެއް ދޭށޭ މިއައީ. ތިއީ ތިމަންނާމެންގެ ތަރައްގީއާ އެއްވަރުގެ ޕާޓްނަރެކޭ. އަޅުގަނޑުމެންނަށް ތިބޭފުޅުން މުހިންމޭ. ތިބޭފުޅުންނަށް އަޅުގަނޑުމެން މުހިންމޭ. ހިނގާށޭ އެއްވަރުގެ ގުޅުމެއް ބާއްވަން. ޗައިނާގެ ރައީސް އެހެން ވިދާޅުވީ،" މުންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިންނަށް ދިވެހި ގައުމުގެ ސިޔާދަތުގެ ބަތަލެއް ލިބުނީ އަދި ކިރިޔާ ކަމަށާއި އެއީ ރައީސް ޔާމީން ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރިންގެ ދަރިންނާ ހަމައަށް ދާއިރު، ޓެކްސްޓް ފޮތްތަކުގައި ލިޔެވިފައި [ހުންނާނެ] މިހާރު ވެސް މި ދަންނަވަނީ އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް،" މުންދު ވިދާޅުވި އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައީސް ޔާމީންގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދޭކަން ފާހަގަކުރައްމުން މުންދު ވިދާޅުވީ، ސޯސަންވިލާގައި ދިވެހިންނަށް ކިޔަވައިދޭން ފެއްޓެވީ ވެސް ރައީސް ޔާމީން ކަަމަށެވެ. އަދި ލަންކާގައި މިހާރު އެންމެ ފުޅާދާއިރާއެއްގައި ހިންގާ އެމްބަސީއަކީ ދިވެހި އެމްބަސީކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އެއީ އެތަނުގައި [ލަންކާގައި] ދިހަ ވަރަކަށް ހާސް ދިވެހިން ދިރިއުޅުއްވާތީ. އެބޭފުޅުންނަށް ދޭންޖެހޭ ޚިދުމަތް ދޭން ޖެހޭތީ،" މުންދު ވިދާޅުވި އެވެ.