ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި
ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ މީހުން، ތަފާތު ބަހަނާތައް ދައްކައިގެން ބޭސްފަރުވާއަށް ދެން ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށާއި ދިވެހި ސަރުކާރު އޮންނާނީ "ނިކަން ރަނގަޅަށް ވިސްނައިގެން" ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި
ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގައި، ބޭސްފަރުވާ އަށް ސިންގަޕޫރުން ޖަރުމަނަށް ގާސިމް ވަޑައިގަތީ އޮޅުވާލައިގެން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ ގާސިމް އެކަން ވެސް ކުރެއްވީ ދިވެހި ސަރުކާރަށް އެންގުމެއް ނެތި ކަމަށެވެ.

ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި
ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި

މިނިސްޓަރު ވިދާޅުވީ ގާސިމް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ސިންގަޕޫރަށް ފޮނުއްވީ "ދެންމެ ދެންމެ ދުނިޔެ ދޫކުރައްވާ ވަޑައިގެންފާނެހެން ހީވާތީ" ކަމަށެވެ.

ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި
ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި

އެހެންވެ ގާސިމްގެ ހާލު ބެއްލެވުމަށް، ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން އޭނާއާ ބައްދަލު ކުރެއްވުމަށް، ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު)އާ އެކު އައިޖީއެމްއެޗަށް ވަޑައިގެންނެވި ކަމަށް އަޒްލީން ވިދާޅުވި އެވެ.

ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި
ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި

"ވަރަށް އާލާސްކަންފުޅާ [އޭރު] އުޅުއްވީ. މިއަދު ކިހިނެތްތޯ ފެންނަނީ؟ ސިންގަޕޫރަށް ވަޑައިގެންނެވިތަނާ، އެތަނުގެ ކޮންމެ ވެސް މާޓެއްގެ ތެރެއިން ފެނިވަޑައިގެންނެވި ތި ހުރިހާ ބޭފުޅުންނަށް. [އޭގެ ފަހުން] ޖަރުމަނަށް ވަޑައިގެންނެވީ ސަރުކާރަށް އަންގާ ވެސް ނުލައްވައި،" ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވީ ނަމަވެސް ބޭސްފަރުވާ އަށް މިހާރު ޖަރުމަނުގައި ހުންނެވި ގާސިމާ ގުޅޭ ގޮތުން އަޒްލީން ވިދާޅުވި އެވެ.

ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި
ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި

އޭނާ ވިދާޅުވީ "މި ބޭފުޅުންގެ ވިސްނުންފުޅަކީ މަކަރު ހަދައިގެން އަވަހަށް ރާއްޖެއިން ބޭރަށް ދެވޭތޯ" ބެއްލެވުން ކަމަށެވެ.

ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި
ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި

"އަޅުގަނޑުމެން ދެން ތިބޭނީ ނިކަން ރަނގަޅަށް ވިސްނައިގެން. ޖަލުގައި ތިބެފައި ތިމަންނަ އަށް އެ ވެނިކަމެއް އެބަވެޔޭ ބުންޏަސް ދެން އެގޮތަކަށް ނުދެވޭނެ،" ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ސިޔާސީ ބޭފުޅުންނަށް ދެން ރާއްޖެއިން ބޭރަށް ފަސޭހައިން ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތް ކުރައްވަމުން ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި
ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި

ތަފާތު ސަބަބުތަކާ ހުރެ، އިދިކޮޅު ހަރަކާތުގައި އިސް ބައެއް ބޭފުޅުން މިހާރު ވެސް ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އޭގެ ތެރެއިން މިހާރު މާފުށީ ޖަލުގައި ހުންނެވީ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އިމްރާން އަބްދުﷲ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ޖަލު ހުކުމެއް އައިސްފައިވާއިރު އޭނާ މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެންދަވަނީ ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މިހާރު ދޫނިދޫގައި ބަންދުކޮށްފައިވާ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ސަރުކާރުން އެ ފުރުސަތު ނުދިން މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ.

ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި
ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނަށް ދެން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތެއް އަޒްލީން ދެއްވައިފި

ސަރުކާރުން ބުނެފައިވަނީ އަދީބަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ އޭނާ ދައުލަތަށް ދައްކަވަންޖެހޭ ފައިސާ ދެއްކެވުމުން ކަމަށެވެ.

އަޒްލީން މިރޭ ވިދާޅުވީ ޖަލުގައި ތިބޭ ކުށްވެރިން ގައުމުން ބޭރަށް ފޮނުވުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ސިޔާސަތަށް ތައުރީފު ކުރައްވަމުން އަޒްލީން ވިދާޅުވީ، އެމަނިކުފާނު ނޫނީ އޮއްޓަރު ހުރި ބޭފުޅަކު ސިޔާސީ ލީޑަރުންގެ ތެރޭގައި ނެތް ކަމަށެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިޚާބާ ޖެހޭއިރު ދިވެހި ރައްޔިތުންނަށް ފެންނަ ހަމައެކަނި ކެންޑިޑޭޓަކީ ވެސް ރައީސް ޔާމީން ކަމަށް އަޒްލީން ވިދާޅުވި އެވެ.

"އެއްކޮޅުން ވެސް އިދިކޮޅުން ވެސް. ދެން މި ވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއް ނޫން،" މިހާރު އާންމުންގެ ތެރޭގައި އެންމެ މަގުބޫލު އަދި އެތައް ބައެއްގެ ތާއީދު އޮތީ ހަމައެކަނި ރައީސް ޔާމީނަށް ކަން ފާހަގަކުރައްވަމުން އަޒްލީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަކު ނުނިކުންނާނެ ކަމަށެވެ. އެއީ ޔަގީން ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކޮބައިތޯ ބަލަން ދާދި ފަހުން ރާއްޖެ ޓީވީން ނެގި ޓުވިޓާ ޕޯލާ ގުޅިގެން ވެސް އަޒްލީން ވަނީ އިދިކޮޅު ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕޯލުގައި ހިމެނިވަޑައިގަންނަވަނީ މުޅިން ޖަލުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި ރިޔާސީ އިންތިހާބާ މެދު ކަންބޮޑުވާން ނުޖެހޭ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

"ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަމެއް ނޯންނާނެ. މިއީ ވިސްނާކަށް ޖެހޭ ކަމެއް ނޫން. މިއީ އަޅުގަނޑު ބުނާތީކީއެއް ނޫން. ދިވެހި ރާއްޖޭގެ ގާނޫނުއަސާސީ އާއި ރާއްޖޭގެ ކޯޓުތަކާއި ރާއްޖޭގެ ގާނޫނުތައް ހެދިފައި އޮއްވައި އެކަމެއް ނުކުރެވޭނެ،" އަޒްލީން ވިދާޅުވި އެވެ.

"ކިތަންމެ ވަރަކަށް ސަޕޯޓް އޮތް އަޑިއަޑިން ޖަރީމާ ހިންގައިގެން އެތައް ސިމްކާޑެއް ނަގައިގެން ބޭފުޅަކަށް ތާއީދު ހޯއްދެވި ނަމަވެސް ކިހިނެތްތޯ މިކަން ކުރަނީ؟ ދެން ޖެހިގެން ވޯޓު ހޯއްދެވި ބޭފުޅާ ހުންނެވީ ކޮންތާކުތޯ. ޖަރުމަނުގައި. ދެން ޖަރުމަނުގެ ރިޔާސީ އިންތިހާބުގައި ވޯޓަށް ކުރިމަތިލައްވަނީތޯ؟"