ގައުމީ ކްރިކެޓް މުބާރާތުގެ ޖޮއިން ޗެމްޕިއަންކަން ސީބީއެލް އާއި މާލޭ ސްޕޯޓްސް އަށް
ގައުމީ ކްރިކެޓް މުބާރާތުގެ ޖޮއިން ޗެމްޕިއަންކަން ސީބީއެލް އާއި މާލޭ ސްޕޯޓްސް އަށް

ގައުމީ ކްރިކެޓުގެ މުބާރާތުގެ ފައިނަލް މެޗު އެއްވަރުވެ ސީބީއެލް ސްޕޯޓްސް އާއި މާލޭ ސްޕޯޓްސް ކްލަބަށް ޖޮއިން ޗެމްޕިއަންކަން ލިބިއްޖެ އެވެ.

އެއްވަރުވުމަކީ ކްރިކެޓުގައި އެހާ އާއްމު ނޫން ކަމަކަށްވީ ނަމަވެސް ޓެސްޓް ކްރިކެޓުގައި އެއީ ދިމާވާ ހާލަތަކެވެ. ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅެން އަރާށެވެ. ފުރަތަމަ އިނިންގްސްގައި 152 ލަނޑު ހެދި އެވެ. ޖަވާބުގައި ކުޅެން އަރައި މާލޭ ސްޕޯޓްސް އިން 370 ލަނޑު ހެދި އެވެ. އެގޮތުން އެ ޓީމުގެ މުހައްމަދު ރިސްވާން ވަނީ 324 ބޯޅައިން 180 ލަނޑު ހަދައިފަ އެވެ. އަދި އަހުމަދު ނީޝާމް ވަނީ 337 ބޯޅައިން 98 ލަނޑު ހެދި އެވެ.

ދެ ވަނަ އިނިންގްސްގައި 223 ލަނޑު ހަދައިގެން މޮޅުވުމުގެ ފުރުސަތު ސީބީއެލް އަށް އޮތްއިރު މާލޭ ސްޕޯޓްސް އަށް އޮތީ 10 ވިކެޓް ނަގައިގެން މޮޅުވުމުގެ ފުރުސަތު އޮތެވެ. އެކަމަކު ދެ ޓީމަށް ވެސް ޓާގެޓެއް ނުދެވުމުން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނީ 294 ލަނޑު ހެދި ރިޝްވާނެވެ. އެންމެ ހޮވުންތެރިޔަކަށް އަދި ބެސްޓް އޯލް ރައުންޑް ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ. އެންމެ މޮޅު އުކުންތެރިޔަކަށް ހޮވުނީ މުހައްމަދު މަހަފޫޒެވެ. އޭނާ 15 ވިކެޓް ނެގި އެވެ.