އެމެރިކާ އާއި ދެކުނު ކޮރެއާ އަށް އުތުރު ކޮރެއާގެ ހަރުކަށި އިންޒާރެއް
އެމެރިކާ އާއި ދެކުނު ކޮރެއާ އަށް އުތުރު ކޮރެއާގެ ހަރުކަށި އިންޒާރެއް

ޕިއޮންޔޮން (ޖުލައި 11) - އެމެރިކާ އާއި ދެކުނު ކޮރެއާ އިން ފަހުގެ މިސައިލް ޑިފެންސް ނިޒާމެއް ގާއިމް ކުރަން އުޅޭ މައްސަލައާ ގުޅިގެން އެ ދެ ގައުމަށް އުތުރު ކޮރެއާ އިން ހަރުކަށި އިންޒާރެއް ދީފި އެވެ.

ޓާމިނަލް ހައި އެޓިޓިއުޑް އޭރިޔާ ޑިފެންސް ސިސްޓަމް ގާއިމް ކުރަނީ އުތުރު ކޮރެއާގެ ބިރުތަކަށް ރައްދު ދޭން ކަމަށް އެމެރިކާ އާއި ދެކުނު ކޮރެއާ އިން ވަނީ ބުނެފަ އެވެ. މިސައިލް ސިސްޓަމް ގާއިމް ކުރުމާ ދެކޮޅަށް ކޮރެއާ އިން ބުނެފައި ވަނީ އެކަމަށް ރަނގަޅު "ފިޒިކަލް" ރައްދެއް ދޭނެ ކަމަށެވެ. އުތުރު ކޮރެއާ އިން މީގެ ކުރިން ވެސް ވަނީ އެމެރިކާ އާއި ދެކުނު ކޮރެއާ އަށް މި ބާވަތުގެ އިންޒާރުތައް ދީފަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ދެކޮޅަށް އެމެރިކާ އިން މިދިޔަ ހަފުތާގައި އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން އުތުރު ކޮރެއާ އިން އެކަން ސިފަކޮށްފައި ވަނީ "ހަނގުރާމަ އިއުލާން ކުރުން" ކަމަށެވެ.

ކޮރެއާ ހިމެނޭ ސަރަހައްދުގައި މިސައިލުން ދިފާއު ވެވޭނެ ނިޒާމް އެމެރިކާ އިން ގާއިމް ކުރަން އުޅޭތީ ޗައިނާ އާއި ރަޝިޔާ އިން ވެސް ދެކޮޅު ހަދަ އެވެ. މި ދެ ގައުމުން ބުނެފައި ވަނީ އެއީ މި ސަރަހައްދަށް އަސްކަރީ ގޮތުން އަތްގަދަ ކުރަން އެމެރިކާ އިން ކުރަން އުޅޭ ކަމެއް ކަމަށެވެ.