އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި
އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭން އަލަށް ހެދި އިމާރާތް ހުޅުވައި ރަސްމީކޮށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި
އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި

އޭޑީކޭ ކެންޓީން ކުރިން ހުރި ތަނުގައި އެޅި އަށް ބުރީގެ މި އިމާރާތުގައި ރަސްމީކޮށް ހިދުމަތް ދޭން ފެށީ ދެ ވަނަ ބުރި އާއި ހަ ވަނަ އަދި ހަތް ވަނަ ފްލޯގަ އެވެ. މީގެ ތެރެއިން ދެ ވަނަ ބުރި ހާއްސަކޮށްފައި ވަނީ މެޑިކަލް ޗެކަޕާއި މެޑިކަލް ސްކްރީން އަށެވެ. ހަޔަކާއި ހަތް ވަނަ ފްލޯގައި ހުރީ މެޑިކަލް ވޯޑްތަކެވެ.

އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި
އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އިިތުރު ހިދުމަތްތަކާ އެކު އެހެން ފްލޯތައް ވެސް ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ.

އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި
އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި

އާ އިމާރާތް ހުޅުވައިދެއްވީ އެ ހޮސްޕިޓަލަށް 27 އަހަރު ހިދުމަތް ކޮށްދެއްވި އެކަމަކު މިހާރު އަވަހާރަވެފައިވާ ޑރ. އާރު ސޭޖީ ޕާންޑިއަންގެ އަނބިކަނބަލުންނާއި އޭނާގެ ދަރިކަލުންނެވެ.

އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި
އޭޑީކޭގެ އާ އިމާރާތް ހުޅުވައި ހިދުމަތް ދޭން ފަށައިފި

އަފްއާލް ވިދާޅުވީ އާ އިމާރާތް ބޮޑަށް ހާއްސަ ކުރާނީ އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ކަމަށެވެ. މިހާރު އޭޑީކޭއަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ވެސް އެޑްމިޓް ކުރާނެ ޖާގަ ނެތުން ކަމަށާއި އޭގެ ސަބަބުން ހިދުމަތް ދިނުން ލަސްވެ، ބައެއް އޮޕަރޭޝަންތައް ކުރުމަށް ވެސް ހުރަސް އެޅޭ ކަމަށް ވިދާޅުވި އެވެ.

އާ އިމާރާތުގައި ވޯޑްތަކަށް ހާއްސަކޮށްފައި ވަނީ ހަޔަކާއި ހަތެއް އަދި އަށް ވަނަ ފްލޯ އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި އެތަނުގެ ވޯޑުތައް ވެސް ހުންނާނީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ވޯޑުތަކާ އެއްގޮތަށެވެ. އެ ތަންތަން ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ.

އެންމެ ބޮޑު ތަފާތަކަށް ފެނުނީ ދެ އެނދު ވަކިކުރުމަށް ފޮތިގަނޑެއް ދެމުމުގެ ބަދަލުގައި ކުދިކުދި ކޮޓަރިތަކުގައި އެނދު ބެހެއްޓުމެވެ. އެތަނުގައި ބަލިމީހާގެ އެހީތެރިޔާއަށް އޮށޯވެވޭނެ ގޮތަކަށް، ދަމާލާ ގޮނޑިއެއް ވެސް ބަހައްޓާފައިވެ އެވެ.

ވޯޑުތައް ވަކިވަކިން ހުރި ނަމަވެސް ނަރުހުންނަށް މުޅި ތަން މޮނީޓާ ކުރެވޭނެ ސިސްޓަމް ވަނީ ގާއިމުކޮށްފަ އެވެ.

އަފްއާލް ވިދާޅުވީ އިމާރާތް އެއްކޮށް ނިމޭއިރު އެތަނުގައި 60 އެނދު ހުންނާނެ ކަމަށެވެ.

ފެންވަރު ރަނގަޅު ވޯޑުތަކެއް ނަމަވެސް، އެތަނުގައި ހިދުމަތް ދިނުމަށް ނިންމާފައިވަނީ އޭޑީކޭގައި މިހާރު ވެސް އެނދަކަށް ނަގާ އަގު ކަމަށްވާ 480 ރުފިޔާ އެވެ.

އޭޑީކޭގެ އާ އިމާރާތުގައި އެންމެ އަވަހަށް ދެން ހުޅުވާނީ ފުޑް ކޯނާ ރެސްޓޯރެންޓެވެ.

އަފްއާލް ވިދާޅުވި ގޮތުގައި އެތަނުގައި ބަލި މީހުންނަށް ހާއްސަކޮށްގެން، ޑައިޓީޝަނެއްގެ އެހީގައި ކާ އެއްޗެހި ތައްޔާރުކުރާނެ އެވެ.

ޖަރުމަން ޑިވެލޮޕްމަންޓް ބޭންކުގެ ލޯނު އެހީގައި އެޅި މި އިމާރާތާ ގުޅޭ ގޮތުން އޭޑީކޭގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ މިއީ އުނދަގުލުން ނިންމުނު މަސައްކަތެއް ކަމަށެވެ. އެތަނުގައި ގިނަ މަސައްކަތް ކުރީ އޭޑީކޭގެ މުވައްޒަފުންގެ ގޮތުގައި ތިބި މީހުން ކަމަށާއި އެހެންވެ، އިމާރާތް ނިންމުމުގައި އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގަންނަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

"އެކަމަކު މިތަން އާދައިގެ އިމާރާތަކާ ތަފާތު. މިއީ ޖަރުމަން ޑިވެލޮޕްމެންޓްގެ ބޭންކުގެ އެހީގައި އަޅާ ތަނަކަށް ވުމުން މި ތަން ހުންނަން ޖެހެނީ ވަކި ފެންވަރަކަށް. މި ތަނުގެ ވޯޑުތައް ވެސް ހުންނަނީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ވޯޑުތައް ހުންނަ ގޮތަށް،" ނާޝިދު ވިދާޅުވި އެވެ.

މި އިމާރާތުގައި ހިތުގެ ސާޖަރީތައް ހެދޭވަރުގެ ތިއޭޓަ ކޮމްޕްލެކްސްއެއް ގާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.