ވިލާ ކޮލެޖުގެ ކޯސްތަކަށް ރަޖިސްޓްރީކުރުން މިއަދު ފަށަނީ
ވިލާ ކޮލެޖުގެ ކޯސްތަކަށް ރަޖިސްޓްރީކުރުން މިއަދު ފަށަނީ

ވިލާ ކޮލެޖުން މި މަހު ފަށާ ކޯސްތަކަށް ދަރިވަރުން ރަޖިސްޓްރީ ކުރަން މިއަދު ފަށާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

އެ ކޮލެޖުން ބުނި ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިއަދު އޮންނާނީ މެންދުރު ފަހު 1:00 އިން 6:00 ވަންދެންނެވެ.

މާލޭގައި ހުންނަ ކެމްޕަހުން ކިޔަވަމުން އަންނަ ދަރިވަރުން ރަޖިސްޓްރީ ކުރުން އޮންނާނީ އެ ކެމްޕަހުގެ ހޯލުގަ އެވެ. އަދި ރަށްރަށުގައި ގާއިމްކޮށްފައިވާ ކެމްޕަސްތަކުގެ ދަރިވަރުންނަށް، އެ ދަރިވަރަކު ކިޔަވާ ކެމްޕަހަކުން ރަޖިސްޓްރީވެވޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ސެމެސްޓާގެ ކިޔެވުން އަންނަ ހަފުތާގެ އާދިއްތަ ދުވަހު ފެށޭ އިރު، ހާހެއްހާ ދަރިވަރުން އެ ކޮލެޖާ އަލަށް ގުޅިފައިވާ ކަމަށް ވެސް ބުންޏެވެ.

ތަފާތު އެކި ދާއިރާތަކުން 83 އަށް ވުރެ ގިނަ ކޯސް ވިލާ ކޮލެޖްގައި މި މަހު ފަށާނެ އެވެ. އެއީ ސެޓްފިކެޓް ލެވެލް އިން ފެށިގެން ފައުންޑޭޝަނާއި ޑިގްރީ ފެންވަރުގެ ކޯސްތަކެވެ.