ނުވަ މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި
ނުވަ މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ނުވަ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ތ. ކަޅުފަހަލަފުށީ ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހިބަރު ނަމަކަށް ކިޔާ މުދާ އުފުލާ އެ ދޯނި ރޭ މެންދަމު ފަރަށް އެރީ މާލޭން ފުރައިގެން ގދ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށާއި އެ ދޯނީގައި އެ ވަގުތު ތިބީ ހަތަރު ދިވެހިންނާއި ފަސް ބިދޭސީން ކަމަށެވެ.

ދޯނި ފަރަށް އެރިޔަސް އެއިން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ދޯނި ފުން ކުރުމުގެ މަސައްކަތް ކޯސްޓް ގާޑާއި ދޯނީގެ ވެރި ފަރާތް ގުޅިގެން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.