08 ޖެނުއަރީ 2018 - 06:38

ލިޔުންތެރިޔާ ޓީ.އޭ ބެރޮންގެ މަޝްހޫރު ފެންޓަސީ ވާހަކަ ސިލްސިލާ "މާލިން" އަށް ބިނާކޮށް ޑިޒްނީން ހަދަން ނިންމާފައިވާ ފިލްމްގެ ޑައިރެކްޓަރަކަށް ރިޑްލީ ސްކޮޓް ގެންނަން ވާހަކަ މަޝްވަރާކުރަން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޮސްކާ ހާސިލްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު މި ފިލްމްގެ ޑައިރެކްޓަރުގެ ގޮނޑި އަށް ގެނެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތެވެ. އަދި ޑިޒްނީގެ ހުށަހެޅުން ރިޑްލީ ގަބޫލްކޮށްފި ނަމަ "މާލިން" ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނީ އޭނާގެ ސްޓޫޑިއޯ ސްކޮޓް ފްރީ އާއި ޑިޒްނީ ގުޅިގެން ގެނެސްދޭ ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.
"މާލިން" ބޮޑު ސްކްރީނަށް ގެންނަން ނިންމާފައިވާ އިރު، މީގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ޑައިރެކްޓަރު ޕީޓާ ޖެކްސަންގެ ފެންޓަސީ ސީރީޒް "ލޯޑް އޮފް ދަ ރިންގްސް" ގެ ސްކްރިޕްޓް ލިޔުނު ފިލިޕާ ބޮޔެންސްއާ އެވެ.
ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
"ގްލޭޑިއޭޓާ" އާއި "ދަ މާޝަން" ފަދަ ފިލްމްތައް ގެނެސް ދީފައިވާ ރިޑްލީގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސްގައި ވެސް ވާދަ ކުރާ "އޯލް ދަ މަނީ އިން ދަ ވޯލްޑް" އެވެ. އެ ފިލްމް ވާދަ ކުރާ ކެޓަގަރީތަކުގެ ތެރޭގައި ރިޑްލީގެ އެންމެ މޮޅު ޑައިރެކްޓަރުގެ ނޮމިނޭޝަން ވެސް ހިމެނެ އެވެ.