06 ޖެނުއަރީ 2018 - 09:36

ލަންޑަން (ޖެނުއަރީ 6) – އެވަޓަންގެ އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އަށް ބަދަލުވެއްޖެ އެވެ.
ޗެލްސީން 15 މިލިއަން ޕައުންޑަށް ގަތް އުމުރުން 24 އަހަރުގެ ބާކްލޭ ވަނީ ޗެލްސީއާ އެކު ފަސް އަހަރާ ބައިގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.
ތޭރަ އަހަރަށް ފަހު އެވަޓަން ދޫކޮށްލި ބާކްލޭ ފަލަމަސްގަނޑުގެ އަނިޔާއަކާ ގުޅިގެން ނުކުޅެ ހުންނަތާ ހަތް މަސް ދުވަސްވެއްޖެ އެވެ. އޭނާ ވަނީ އެކަމަށް ފަރުވާ ހޯދަން އޮގަސްޓް މަހު އޮޕަރޭޝަނެއް ކޮށްފަ އެވެ.
"އޭނާ ވަރަށް ޒުވާން، އަދި އޭނާ ކުރިއަރަން ވަރަށް ބޮޑަށް ފުރުސަތު އެބައޮތް،" ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުންޏެވެ.
މިދިޔަ ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހު ބާކްލޭ ވަނީ، އޭނާ ގަތުމަށް ޗެލްސީން ހުށަހެޅި 30 މިލިއަން ޕައުންޑުގެ އޮފާއަށް ނޫނެކޭ ބުނެފަ އެވެ. އަދި އޭނާ ވަނީ އެވަޓަން އިން ހުށަހެޅި އާ ކޮންްޓްރެކްޓަށް ވެސް ނޫނެކޭ ބުނެފަ އެވެ.
މި ސީޒަން ނިމުމާ އެކު، އެވަޓަންއާ އެކު ބާކްލޭ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާތީ އެ ކްލަބުން އޭނާ މި ފަހަރު ވިއްކާލީ ޑަބަލް ކުޑަ އަގެއްގަ އެވެ. އުމުރުން 11 އަހަރުގައި 2005 ވަނަ އަހަރު އެވަޓަންގެ އެކަޑަމީއާ ގުޅުނު ބާކްލޭ ވަނީ އެ ޓީމަށް 179 މެޗު ކުޅެދީ 27 ގޯލް ޖަހައިދީފަ އެވެ. އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމަށް 22 މެޗު ކުޅެފަ އެވެ.