05 ޖެނުއަރީ 2018 - 07:37

ޗައިނާގައި ދާދި ފަހުން ހިނގި ވަރަށް އާދަޔާޚިލާފު އެކްސިޑެންޓެއްގައި ހަލާކުވެފައި ހުރި ލިފްޓެއްގެ ދޮރު ތާށިވެ އަންހެނެއްގެ ފައި ބުރިވެއްޖެ އެވެ.
އެ ގައުމުގެ ޝަންހާއީގެ ޒޮންގްޝާން ވެސްޓް ރޯޑުގައި ހުންނަ ކޮންޗް ބިލްޑިންގްގައި މިދިޔަ ޖޫން މަހު ހިނގި މި ހާދިސާ އަކީ ހަގީގަތެއްކަން ޗައިނާގެ މީޑިއާ އިން މިހާރު ވަނީ ޔަގީންކޮށްދީފަ އެވެ. އޭގެ ސީސީޓީވީ ފުޓޭޖް ލީކުވެފައިވަނީ މި ހަފުތާގަ އެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަންހެނަކު ފޯނަށް ބަލަމުން ގޮސް ލިފްޓަށް ވަން އިރު ލިފްޓްގައި މައްސަލައެއް އުޅުނެވެ. އޭނާ ވަންނަންވެގެން ލިފްޓް ތެރެއަށް ފައި އެޅުނުއިރު އޭގެ ދޮރު ލެއްޕި މައްޗަށް ދާން ފެށުމުން ލިފްޓް ތެރެއަށް ބަންޑުން ވެއްޓެ އެވެ. އޭރު އޭނާގެ އެއް ފައި އޮތީ ލިފްޓުގެ ދޮރު ދޭތެރޭގައި ތާށިވެފަ އެވެ.
ލިފްޓް މައްޗަށް އެރީ ވެސް އަދި ހުއްޓުނީ ވެސް އަމިއްލައަށެވެ. އޭރު އޭނާގެ ފައި އޮތީ ވަކިވެފަ އެވެ.
އޭނާގެ ފަހަތުން އެހެން އަންހެނަކު ވެސް ލިފްޓަށް އަރަން ދިޔަ އެވެ. ނަމަވެސް އޭނާ އަށް އެރުމުގެ ކުރިން ލިފްޓްގެ ދޮރު ބަންދުވެ ކުއްލިއަކަށް މައްޗަށް އަރައިގެން ދެ އެވެ.