03 ޖެނުއަރީ 2018 - 16:11

މާލޭގައި މިއަދު ވަޅިހަރައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުރީގެ ބާއިންޖީނުގެ ކައިރީގައި، ވަޅި ހެރުމުން އަނިޔާވި އުމުރުން 23، އަހަރުގެ ފިރިހެންމީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާ އަށް ލިބުނު އަނޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުސް އޮފީހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރާފައ މިވަނީ، ގްރޫޕްތަކުން ހިންގި މާރާމާރީ މެދުކެނޑިފައި އޮންނަތާ ދުވަސްތަކަކެއް ވީ ފަހުންނެވެ.