އިއްތިހާދުގެ ޖަލްސާ އަށް ކާނިވާ ދޫކޮށްދޭން އެދުނުތާ މަހެއް، އަދިވެސް ހުއްދައެއް ނުދޭ!
އިއްތިހާދުގެ ޖަލްސާ އަށް ކާނިވާ ދޫކޮށްދޭން އެދުނުތާ މަހެއް، އަދިވެސް ހުއްދައެއް ނުދޭ!

ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ޖަލްސާއެއް ކާނިވާ ސަރަހަައްދުގައި ބޭއްވުމުގެ ހުއްދަ އަށް ހައުސިން މިނިސްޓްރީގައި އެދުނުތާ މަހަކަށް ވުރެ ގިނަ ދުވަސް ވިއިރު ވެސް އެ ހުއްދަ ނުލިބޭ ކަމަށް އިދިިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.

އިއްތިހާދުގެ ޖަލްސާ އަށް ކާނިވާ ދޫކޮށްދޭން އެދުނުތާ މަހެއް، އަދިވެސް ހުއްދައެއް ނުދޭ!
އިއްތިހާދުގެ ޖަލްސާ އަށް ކާނިވާ ދޫކޮށްދޭން އެދުނުތާ މަހެއް، އަދިވެސް ހުއްދައެއް ނުދޭ!

އިއްތިހާދުގައި ހިމެނޭ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިއްތިހާދުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައި ހުއްދަ އަށް އެދިފައިވީ ނަމަވެސް މިނިސްޓްރީގެ ޖަވާބެއް ނުލިބޭ ކަމަށެވެ.

އެމްޑީޕީގެ ޖަލްސާ ބާއްވާނެ ތަނެއް ނުދޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އެ ހުއްދަ ހައުސިން މިނިސްޓްރީން ނުދެނީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގަން ހުރަސްއެޅުމުގެ ގޮތުން ކަމަށް ގަބޫލުކުރެވެނީ،" އަނަސް ވިދާޅުވި އެވެ.

ކާނިވާ ސަރަހައްދުގެ ސްޓޭޖް ސަރަހައްދު ޑާންސާއި މިޔުޒިކް ސްކޫލެއް ހިންގާ ގޮތަށް ވަނީ ބަޔަކަށް ކުއްޔަށް ދީފަ އެވެ.

އަނަސް ވިދާޅުވި ގޮތުގައި އިދިކޮޅު އިއްތިހާދުގެ ޖަލްސާ ބާއްވަން ހަމަޖައްސާފައިވާ ތާރީހަށް ކާނިވާ ސަރަހައްދު އެހެން ބަޔަކަށް ދޫކޮށްފައި ނުވާ ކަން އެ ކުންފުނިން ކަށަވަރުކޮށްދެ އެވެ. އެކަމަކު އެ މީހުންނަށް ހުއްދަ ދޫކުރެވޭނީ، ހައުސިން މިނިސްޓްރީގެ ރަސްމީ ހުއްދަ ލިބިގެން ކަމަށް ކުންފުނިން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނަސް ވިދާޅުވި ގޮތުގައި ޖަލްސާތައް ބޭއްވުމުގެ ހުއްދަ ނުދެނީ، އިދިކޮޅު ސިޔާސީ ފަރާތްތަކަށް ހުރަސް އެޅުމަށެވެ. އެ ހުއްދަ ނުދޭކަން އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނަށް ވެސް އެނގޭ ކަމަށް އަނަސް ވިދާޅުވި އެވެ.