މާލޭ ހިޔާގެ ބައެއް ފްލެޓްތަކަށް ވިއްސާރައިގެ ގެއްލުން
މާލޭ ހިޔާގެ ބައެއް ފްލެޓްތަކަށް ވިއްސާރައިގެ ގެއްލުން

ވިއްސާރަ ވެއްޖެ ނަމަ، މާލޭ ހިޔާގެ އެންމެ މަތީ ފަންގިފިލާގައި އުޅޭ ބައެއް އާއިލާތަކުން އަވަސްވެގަންނަނީ ހިފައިގެންގުޅޭ އެއްޗެހީގައި ސަތަރި އަޅައި ނިވާކުރާށެވެ. ގޮދަޑިތައް ނަގައި، އެއް ފަރާތް ކުރާށެވެ. އެކަމަކު ލިބޭ ގެއްލުންތަކުން ކޮންމެ ފަހަރަކު ސަލާމަތެއް ނުވެވެ އެވެ.

މާލޭ ހިޔާގެ ބައެއް ފްލެޓްތަކަށް ވިއްސާރައިގެ ގެއްލުން
މާލޭ ހިޔާގެ ބައެއް ފްލެޓްތަކަށް ވިއްސާރައިގެ ގެއްލުން

ރެއަކީ އޭގެ އެއް ރެ އެވެ. މާލެއަށް ކުރި ވިއްސާރައިގައި، ބައެއް ފްލެޓްތަކުގެ ސީލިން ފޫގޮސް، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މާލޭ ހިޔާގެ ބައެއް ފްލެޓްތަކަށް ވިއްސާރައިގެ ގެއްލުން
މާލޭ ހިޔާގެ ބައެއް ފްލެޓްތަކަށް ވިއްސާރައިގެ ގެއްލުން

ބައެއް އާއިލާތަކުން ބުނި ގޮތުގައި ރޭ އުޅެން ޖެހުނީ ނުނިދައި ފެން ހިއްކުމުގަ އެވެ. ބައެއް ފްލެޓްތަކުގައި ފެން ބޮޑުވެ އެތައް އެއްޗަކަށް ވަނީ ގެއްލުންވެފަ އެވެ.

މާލޭ ހިޔާގެ ބައެއް ފްލެޓްތަކަށް ވިއްސާރައިގެ ގެއްލުން
މާލޭ ހިޔާގެ ބައެއް ފްލެޓްތަކަށް ވިއްސާރައިގެ ގެއްލުން

"ހަ ގޮދަޑި އެއްކޮށް ތެމުނު. އެނދާ އެއްޗެހި ވެސް އެހެރީ ތެމިފައި. ރޭ މުޅި ގޭތެރޭ އޮތީ ފެން ހެދިފައި،" "މާލޭ ހިޔާ 2" ގެ ހަ ވަނަ ބުރީގައި ދިރިއުޅެމުން އަންނަ އައިޝަތު އަލީ ބުންޏެވެ.

"ހަތް މީހުން އުޅުނިން ބާލިދީ އާއި ފުޅިބުރި ހިފައިގެން ފެން ހިއްކަން."

އެ ފްލެޓްގައި ހުންނަ ހަތަރު ކޮޓަރީގެ ސީލިން ވެސް ވަނީ ފޫގޮސްފަ އެވެ. ފަންކާ ފަދަ ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

އަށް ބުރިއަށް ހަދާފައިވާ "މާލޭ ހިޔާ 1" ގެ ބައެއް ފްލެޓްތަކުގެ ހާލަކީ ވެސް މި އެވެ. އެ އިމާރާތުގެ އަށް ވަނަ ބުރީގެ އެޕާޓްމަންޓެއްގެ ސީލިން ފޫގޮސް ބައެއް އެއްޗިއްސަށް ގެއްލުން ލިބުނެވެ.

"ވިހި ހާސް ރުފިޔާގެ އެނދެއް އެ ހަލާކުވީ. އެ އެނދު އެއްލާލީމި،" މާލޭ ހިޔާ 1 ގެ އަށް ވަނަ ފަންގިފިލާގައި ދިރިއުޅޭ އައިމިނަތު ހަލީލް ބުންޏެވެ.

"ދެން ކަރަންޓް ސުވިޗް ބޯޑްތައް ވެސް ބޭނުމެއް ނުކުރެވޭ."

މާލޭ ހިޔާ އެކަކާއި ދޭއްގެ އެންމެ މަތީގައި ދިރިއުޅެމުން އަންނަ ބައެއް އާއިލާތަކުން ބުނާ ގޮތުގައި ވިއްސާރަ ވެއްޖެ ނަމަ ހިފައި ގެންގުޅޭ ތަކެތީގައި ސަތަރި އެޅުން ނޫން ހައްލެއް މި ވަގުތު އެ މީހުންނަކަށް ނެތެވެ.

ދެ އިމާރާތް ބާވަމުން ދާ އިރު އެއްވެސް ކަހަލަ މަރާމާތެއް ނުކުރާ ކަމަށް، އާއިލާތަކުން ބުނެ އެވެ. ސީލިންތައް ފޫދިއުމާއި ފާރުތަކުން ފެން ވަނުމުގެ އިތުރުން ކަރަންޓާއި ފެން ލިބުމުގައި ވެސް އެތައް މައްސަލަައެއް ކުރިމަތިވާކަމުގެ ޝަކުވާ އެ މީހުންގެ ބޮޑެވެ.

ފަންގިފިލާ ފޫދިއުމަކީ، ދެ އިމާރާތް ބަލަހައްޓާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވި ގޮތުގައި، އަލަށް ދިމާވި މައްސަލައެކެވެ. އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމާއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމައްސަލަ ހައްލު ކުރާނެ ކަމަށެވެ.