ބިގް ބޮސް: ވިކާސް އާއި އާކާޝް ކެޓީތަ!
ބިގް ބޮސް: ވިކާސް އާއި އާކާޝް ކެޓީތަ!

ޖެނުއަރީ 14 ގައި "ބިގް ބޮސް"ގެ މި ފަހަރުގެ ސީޒަން ނިމޭނެ އިރު މިހާރު އަޑުތައް އަރާފައިވާ ގޮތުން ދެން އެންމެ އަވަހަށް ކަޓާނީ ވިކާސް ގުޕްތާ އާއި އާކާޝް ދަދްލާނީ އެވެ.

އެ ދެ މީހުންނާ އެކު މިހާރު ބާކީ ތިބި ހަ ބައިވެރިން ފައިނަލަށް ދިއުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބިގް ބޮސްގެ ގޭގައި ސްނޯއިން މިހާރު ވަނީ ތަނެއް ތައްޔާރުކޮށްފަ އެވެ. ދެ ދުވަހަށް ދެމިގެންދާ މި ޓާސްކުން ވިކާސް އާއި އާކާޝް ބަލިވެ ޝޯ އިން ވަކިވެފައިވާ ކަމަށް ބިގް ބޮސްގެ ޚަބަރުތައް އެނގޭ ބައެއް ސޯޝަލް މީޑިއާ ސައިޓްތަކުން އަންނަނީ ބުނަމުންނެވެ.

މި ޓާސްކް ދެ ބަޔަކަށް ބަހާލައިގެން ގެންދިޔައިރު ފުރަތަމަ ބައިގައި ޝިލްޕާ ޝިންޑޭ އާއި ހީނާ ޚާން އެކަކު އަނެކަކަށް ގެއްލުން ދޭން މަސައްކަތް ކުރި ނަމަވެސް ދެ ވަނަ ބައިގައި އެ ދެ މީހުން އެއްބައިވެ އާކާޝް އާއި ވިކާސް ބަލިކޮށްލަން މަސައްކަތް ކުރި އެވެ.

މިހާރުގެ އަޑުތައް ރަނގަޅު ވެއްޖެ ނަމަ މިހާރު ޝޯގައި ދެމިތިބޭނީ ހީނާ އާއި ޝިލްޕާ އަދި ޕުނީޝް ޝަރުމާ އާއި ލަވް ތިޔާގީ އެވެ. މި ހަތަރު މީހުންގެ މެދުގައި އިތުރު ޓާސްކްއެއް ބާއްވައި ފައިނަލަށް ދާނީ އެ ޓާސްކުން މޮޅުވާ ދެ މީހެއް ކަމަށް ވެސް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.