03 ޖެނުއަރީ 2018 - 08:35

މިދިޔަ އަހަރު އެންމެ އާންމުކޮށް ބޭނުންކުރި ބަސްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ނުބައިކޮށް ކިޔާފައިވާ އެއް ނަމަކީ މަޝްހޫރު ފިލްމު "ވޮންޑާ ވުމަން"ގެ ބަތަލާ ގަލް ގަޑޮޓްގެ ނަމާއި ހޮލީވުޑް ގިނަ ފަންނާނުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އެޅިފައިވާ ހާވޭ ވީންސްޓެއިންގެ ނަމެވެ. އެންމެ ގިނަ ބަޔަކަށް މިދިޔަ އަހަރު އެންމެ ކިޔަން އުނދަގޫވީ ދެ ނަމަކީ ވެސް މިއީ އެވެ.
"ގަލް ގެޑޮޓް"، "ކޫލްރޮފޯޕިއާ" (ކްލޯން ދެކެ ބިރުގަތުން)، އަދި "ވެއިންސްޓެއިން" އަކީ އެންމެ ގިނަ ބަޔަކު މިދިޔަ އަހަރު ނުބައިކޮށް ކިޔަމުން ދިޔަ ބަސްތައް ކަމަށް ލޭންގްއޭޖް-ލާނިން އެޕެއް ކަމަށްވާ ބެބެލް އިން ކޮށްފައިވާ ސާވޭއަކުން ދައްކާ ކަމަށް އެންޓަޓައިންމަންޓް ވީކްލީގައި ބުނެފައިވެ އެވެ.
އެމެރިކާގެ ކެޕްޝަން ކުންފުންޏާއި ނެޝަނަލް ކެޕްޝަނިން ކޮމްޕެނީ ކެނެޑާ އަދި ބްރިޓިޝް އިންސްޓިޓިއުޓް އޮފް ވާބެޓިމް ރިޕޯޓާޒްގެ ޕްރޮފެޝަނަލް ސަބްޓައިޓްލާޒްއާ އެކު ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައިގެން ބެލީ ޓީވީގައި ވާހަކަ ދައްކާ ގިނަ ބަޔަކަށް އެންމެ ކިޔަން އުނދަގޫވެގެން އުޅުނު ނަންތަކެވެ.
މިސާލަކަށް އެންމެ ގިނަ ބަޔަކު ގެޑޮޓް ކިޔާއިރު އަސްލު މި ނަން ކިޔަނީ ޓީ އަކުރުގެ އަޑު މަޑުކޮށް "ގެހް-ދޮތު" އެވެ.
ސްޓެފަން ކިންގްގެ އެޑަޕްޓޭޝަން "އިޓް" ގެ މަޝްހޫރުކަމުން "ކޫލްރޮފޯޕިއާ" މަޝްހޫރުވިޔަސް މި ލަފުޒު ގިނަ ބަޔަކު ކިޔަނީ ނުބައިކޮށެވެ. މި ލަފުޒުގެ ރަނގަޅު ގޮތަކީ "ކޫލް-ރޫ-ފޫ-ބީ-އާ" އެވެ.
ވައިންސްޓީންގެ ނަން ވެސް ކިޔަނީ ނުބައިކޮށް ކަމަށް ބަހުގެ މާހިރުން ބުނެ އެވެ. ވައިންސްޓީން އަކީ ރަނގަޅު ގޮތް ނޫން ކަމަށާއި އަސްލު ކިޔަން ޖެހޭނީ "ވައިން-ސްޓައިން" ކަމަށް އެ މީހުން ބުނެ އެވެ.
މިދިޔަ އަހަރު ނުބައިކޮށް ކިޔުނު ބަސްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ 10 ލަފުޒުގެ ތެރޭގައި ޔޫއެސްގެ "ބޮކޭ"، "ޑޮޓާޑް"، "ފައިބްރޮމަޔަލްޖިޔާ"، "ނަމީބިއާ"، "ނިއުކްލިއާ"، "ޕުއާޓޯ ރިކޯ" އަދި "ޕިޔޮންގްޔަންގް" ހިމެނެ އެވެ.