01 ޖެނުއަރީ 2018 - 20:48

ހއ. އިހަވަންދޫގައި ބަންނަމުން ދިޔަ ފައިބަރު ދޯންޏެއްގައި "ރޯކޮށް"، ބޭނުންނުކުރޭ ވަރަށް މިއަދު އަންދާލައިފި އެވެ.
ރަށު ކައުންސިލުން ތުހުމަތުކުރާ ގޮތުގައި، ގާތްގަނޑަކަށް 90 ފޫޓުގެ އެ ދޯނީގައި ބަޔަކު ރޯކޮށްލީ އެވެ.
ކައުންސިލް މެމްބަރު އަހުމަދު ރިޒްވާން ވިދާޅުވީ ދޯނީގައި ރޯވެފައި ވަނީ ފަންގަނޑެއްގައި ހުޅު ޖަހާ، ދޯނީގެ ތެރެއަށް އެއްލައިގެން ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެ ދޯނީގައި ރޯކޮށްލަން ބަޔަކު މަސައްކަތް ކުރި އެވެ.
ދޯނި ފުރަތަމަ ބަންނަމުން އައި ފަރާތުން އެހެން މީހަކަށް ވަނީ ވިއްކާލައިފައި ކަމަށް ކައުންސިލުން ބުނެ އެވެ.
""ދޯނީގެ މައިގަނޑު ހުރީ ނިންމާފައި. ދޯނި މުޅިން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިކަން މި ދިމާވީ،" ރިޒްވާން ވިދާޅުވި އެވެ.
"މިއީ ގެއްލުން ދޭން ބަޔަކު ކުރި ކަމެއް ކަމަށް ބެލެވޭ."
ފައިބަރު މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަދި މަސްވެރި އިހަވަންދޫގެ ކައުންސިލަރު ވިދާޅުވި ގޮތުގައި އެނދި ދޯނި ލާފައި ހުރި ހަރުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ 100 ފޫޓެއްހާ ކައިރީގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނަސް ކައިރީގައި ހުރި ރުއްގަހަށް ވަނީ އަލިފާނުގެ އަސަރުކޮށްފަ އެވެ.