100 މީހުންނާއެކު ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓިގެން ސިފައިން ހަރަކާތްތެރިވަނީ
100 މީހުންނާއެކު ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓިގެން ސިފައިން ހަރަކާތްތެރިވަނީ

ހއ. އިހަވަންދޫން ފުރައިގެން 100 މީހުންނާއެކު މިރޭ މާލެ ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ކާވިޔާ" ބޯޓުގެ އިންޖީނު ހުއްޓުނީ ބ. ކަމަދޫ ކަނޑަށް ކަމަށާއި އޭގައި ތިބި މީހުންނަށް ނޮދަން އޭރިއާގެ ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގެ އިންޖީނު ފަހުން ސްޓާޓް ކޮށްގެން މާލެއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ. އެކަމަކު އިންޖީނުގެ ޓެމްޕަރޭޗާ މަތިވަމުންދާތީ، ދަތުރުކުރަނީ ސްޕީޑް ދަށްކޮށްގެން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

"ކޯސްޓް ގާޑް ކައިރީގައި އޮވެގެން، އެ ބޯޓު މާލެއާ ދިމާލަށް ދަތުރުކުރަމުން އެ ދަނީ. އޭގައި ތިބި މީހުންގެ ހާލު ވެސް ރަނގަޅު،" އެމްއެންޑީއެފުން ބުންޏެވެ.