28 ޑިސެމްބަރ 2017 - 20:25

ފުވައްމުލަކު ތުނޑި ސަރަހައްދުން މިނި ކަށިތަކެއް މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަވީރު 4:50 ހާއިރު މިނިކަށިތަކެއް ފެނިގެން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އެއްޗެހީގެ ސާމްޕަލް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކުު ސިޓީ ކައުންސިލުން މިހާރު އަންނަނީ އެ ކަށިތައް ވަޅުމުގެ މަސައްކަތް ކުރަމުންނެވެ.
ދިޔަވަރު ބޮޑު ދުވަސްވަރު އެ ސަރަހައްދުން ދޭތެރެ ދޭތެރެއިން މިނިކަށި ފެންނަ ކަމަށް ވެ އެވެ.