ތިން މަސް ނުވިޔަސް އާސަންދަ އަށް އެދި ހުށަހެޅޭނެ
ތިން މަސް ނުވިޔަސް އާސަންދަ އަށް އެދި ހުށަހެޅޭނެ

ސިއްހީ ޚިދުމަތް ދޭ ތަންތަން ރަޖިސްޓްރީ ކުރާތާ ތިން މަސް ނުވިޔަސް އާސަންދައިގެ ޚިދުމަތް އެ ތަނުން ދިނުމަށް އެދި އާސަންދަ ކުންފުންޏަށް ހުށަހެޅޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

ސަރުކާރުގެ ހެލްތް އިންޝުއަރެންސް ސްކީމް، ހުސްނުވާ އާސަންދަ ހިންގުމުގެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދެވޭނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ރަޖިސްޓްރީ ކޮށްގެން ހިންގާތާ ތިން މަސް ވެފައިވާ ތަންތަނަށެވެ. އެކަމަކު ބޭސް ފިހާރަތައް އެ އުސޫލުން އިސްތިސްނާވެ އެވެ.

އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައި، ގަވާއިދުގެ އެ އަކުރު ވަނީ އުވާލައިފަ އެވެ. އެހެންވެ، ސިއްހީ ޚިދުމަތް ދޭ ތަންތަނާއި އޮޕްޓިކަލް ސެންޓަރުތަކާއި ޑައިގްނޯސް ސެންޓަރުތައް ރަޖިސްޓްރީ ކޮށްގެން ހިންގާތާ ތިން މަސް ނުވިޔަސް، އެ ތަނުން އާސަންދައިގެ ޚިދުމަތް ދިނުމަށް އެދި އާސަންދަ ކުންފުންޏަށް ހުށަހެޅޭނެ އެވެ.

ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ ޚިދުމަތް އެ ތަނަކުން ފޯރުކޮށް ދިނުމަށް އެދި ހުށަހެޅޭނީ ގަވާއިދުގައި ބުނާ އެހެން ޝަރުތުތައް ފުރިހަމަވެގެންނެވެ.