28 ޑިސެމްބަރ 2017 - 18:42

ފުޅާ ދާއިރާއެއްގައި ރާއްޖޭން ބޭރުން މުދާ ގެނެސް ވިއްކާ ރަންފައުނު ފިހާރައިން، އޭސީއަށް ވަރަށް ހާއްސަ އަގުތަކާއި އެކު ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބުރުޒުމަގު ބިސްބުރު ކައިރީގައި ހުންނަ ފިހާރައިގެ އިސްވެރިއެއް ކަމަށްވާ މުހައްމަދު ފާތިހު ވިދާޅުވީ ޕްރޮމޯޝަން ކުރިއަށް ދާނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހާ ހަމަޔަށް ކަމަށެވެ. އަދި ޕްރޮމޯޝަނުގެ ތެރޭގައި ނަގާ އޭސީތައް ހަރުކުރުމަށް ވެސް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް ފާތިހު ވިދާޅުވި އެވެ.
އެ ޕްރޮމޯޝަންގައި އެލްޖީ އަދި ޕެނަސޮނިކް އިންވާޓާ އޭސީ ވެސް ވިއްކަ އެވެ. އެގޮތުން 9،000 ބިޓީޔޫގެ އޭސީއެއް 5،700ރ. އަށް ވިއްކަ އެވެ.
"މިއީ ރާއްޖޭގައި އޭސީ ލިބޭނެ އެންމެ ހެޔޮ އަގު ކަންނޭގެ،" ފާތިހު ވިދާޅުވި އެވެ.
އާންމުކޮށް ވެސް އަގު ހެޔޮކޮށް މުދާ ވިއްކާ އެ ފިހާރައިން ބުނީ، އެ ފިހާރައިގެ ވެބްސައިޓުން ޕްރޮމޯޝަނުގެ އަގުތައް ބެލެން ހުންނާނެ ކަމަށެވެ.
ފާތިހު ވިދާޅުވީ އޭސީގެ އިތުރުން ޓީވީ، ޕީއެސް 4، ޑީއެސްއެލްއާރު ކެމެރާ، މޯބައިލް ފޯނު އަދި އޮރިޖިނަލް ސެންޓުން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.