ސަން އައިލެންޑުގެ އާ އަހަރުގެ ޕްރޮގްރާމްތައް ފެށުން ސަގާފީ ހަރަކާތްތަކާއެކު
ސަން އައިލެންޑުގެ އާ އަހަރުގެ ޕްރޮގްރާމްތައް ފެށުން ސަގާފީ ހަރަކާތްތަކާއެކު

ސަން އައިލެންޑް ރިސޯޓްގައި އާ އަހަރުގެ ހަރަކާތްތައް ފެށުމުގެ ޚާއްސަ މާލި ޕެރޭޑެއް އިއްޔެ ބާއްވައިފި އެވެ.

ސަން އައިލެންޑުގެ އާ އަހަރުގެ ޕްރޮގްރާމްތައް ފެށުން ސަގާފީ ހަރަކާތްތަކާއެކު
ސަން އައިލެންޑުގެ އާ އަހަރުގެ ޕްރޮގްރާމްތައް ފެށުން ސަގާފީ ހަރަކާތްތަކާއެކު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ އަހަރުގެ ޕްރޮގްރާމްގައި ކޮންމެ އަހަރެއްގެ ޑިސެންބަރު 27 ވަނަ ދުވަހަކީ ދިވެހިންގެ ސަގާފީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަގާފީ ދުވަހުގެ ހަރަކާތްތަކުގައި މާލި ޕެރޭޑްގެ އިތުރުން ޚާއްސަ މޯލްޑިވިއަން ޑިނާއަކާއި ސަގާފީ ޝޯ އަދި ބޮޑުބެރަށް ނެށުމުގެ މުބާރާތެއް ގެސްޓުންގެ މެދުގައި ބާއްވާ ކަމަށް އެ ރިސޯޓުން ބުންޏެވެ.

ސަން އައިލެންޑުގެ އާ އަހަރުގެ ޕްރޮގްރާމްތައް ފެށުން ސަގާފީ ހަރަކާތްތަކާއެކު
ސަން އައިލެންޑުގެ އާ އަހަރުގެ ޕްރޮގްރާމްތައް ފެށުން ސަގާފީ ހަރަކާތްތަކާއެކު

އިއްޔެ ބޭއްވި ޕެރޭޑްގައި ދައްކާލި މާލިތަކުގެ ތެރޭގައި ދެލި މާލި، ފޫޅުދިގު ހަންޑި، ސަންތިމަރިޔަނބު، ނާށިމާލި، ކެޔޮފަތު މާލީގެ އިތުރުން މާކުންބެ އާއި އެހެނިހެން މާލިތައް ހިމެނެ އެވެ.

"ސަންއައިލެންޑްގެ މާލި ޕެރޭޑްއަކީ މި ފަހަކަށް އައިސް އާއަހަރާ ދިމާކޮށް ކުރިޔަށް ގެންދާ ގެސްޓުންގެ ބޮޑު ތަރުހީބެއް ލިބޭ ހަރަކާތެއް،" އެ ރިސޯޓުން ބުންޏެވެ.

ސަން އައިލެންޑުން ޚިދުމަތް ލިބިގަންނަ ގެސްޓުންނަށް ދިވެހި އާދަކާދަ ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނާއި ޓޫރިޒަމްގެ މަންފާ ކައިރި ރަށްރަށަށް ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ ދަތުރުތައް އެ ރަށްރަށަށް ރާވައި ހިންގަ އެވެ. އެއީ ދިވެހިންގެ މެދުގައި ޚާއްސަކޮށް އާއިލާތައް ޗުއްޓީ ހޭދަކުރުމަށް ވަރަށް މަގްބޫލް ރިސޯޓެކެވެ.