27 ޑިސެމްބަރ 2017 - 21:14

ލ. މާބައިދޫ އަންހެނުންތަކެއް ނުކުމެ، އެރަށު ކައުންސިލް އިދާރާގައި މިއަދު އިހްތިޖާޖް ކުރަން ފަށައިފި އެވެ.
އެ މީހުން އިހްތިޖާޖް ކުރަނީ އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާބައިދޫ ކައުންސިލުން އަންހެނުންގެ ކޮމެޓީއަށް ދޭންޖެހޭ ފައިސާތަކެއް ނުދީގެން ކަމަށް އެނގިފައި ވެ އެވެ. އެ އިހްތިޖާޖް މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަގެންދެ އެވެ.
ފުލުހުން ބުނީ ކައުންސިލް އިދާރާގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެއްވެސް ހަމަނުޖެހުމެއް އެތަނުގައި ހިނގާފަ އިނުވާ ކަމަށެވެ.