ޓޯ ކުރި 500 އަށް ވުރެ ގިނަ ސައިކަލު ނައްތައިލަން ތިލަފުއްޓަށް
ޓޯ ކުރި 500 އަށް ވުރެ ގިނަ ސައިކަލު ނައްތައިލަން ތިލަފުއްޓަށް

މި އަހަރުގެ ތެރޭގައި ފުލުހުން ޓޯ ކޮށްފައިވާ 500 އަށް ވުރެ ގިނަ ސައިކަލު ނައްތައިލުމަށްޓަކައި ތިލަފުއްޓަށް މިއަދު ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓޯ ކުރުމަށްފަހު، ގެންދަން ދިން މުއްދަތުގައި ވެރިިފަރާތުން އަޅާނުލައި ހުރި 500 އަށް ވުރެ ގިނަ ސައިކަލު ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

"ޓޯ ކުރުމަށް ފަހު ދިން 60 ދުވަހުގެ ތެރޭގައި، ވެރި ފަރާތުން ނުގެން ގޮސް ހުރި ސައިކަލުތައް ތިލަފުއްޓަށް މި ގެންދިޔައީ. އެ އުޅަނދުތައް އެކޮޅަށް ގެންދިޔައީ ނައްތާލަން. އަދިވެސް އެބައޮތް އުޅަނދުތަކުގެ ވެރި ފަރާތަށް ސައިކަލުތައް ގެންދިއުމުގެ ފުރުސަތު،" އޮފިޝަލް ވިދާޅުވި އެވެ.

އެ ރަށަަށް ގެންދިޔަ ކަމުގައި ވިއަސް، ލިޔެކިޔުންތަކާ އެކު ޓޯ ޔާޑަށް ދިއުމުން، ނައްތާނުލައި ހުރި ސައިކަލެއް ވިއްޔާ ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެެވެ.

އުޅަނދެއް ޓޯ ކުރާތާ 24 ގަޑިއިރުގެ ތެެރޭގައި އެކަން އާއްމުކޮށް އިއުލާނުކުރަން ޖެހޭނެ އެވެ. އަދި އެ ގެންދިއުމަށް 60 ދުވަހުގެ މުއްދަތެއް ދޭއިރު، ވެރި ފަރާތުން ނުގެންގޮސް ހުންނަ އުޅަނދުތައް ނައްތާލާނެ އެވެ.