ޑީޓިއުން ބޭންޑް، ދިރާގުގެ އާ ބްރޭންޑް އެމްބެސެޑަރު
ޑީޓިއުން ބޭންޑް، ދިރާގުގެ އާ ބްރޭންޑް އެމްބެސެޑަރު

ދިރާގުގެ އާ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި، ޒުވާނުންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ޑީޓިއުން ބޭންޑް ހަމަޖައްސައިފި އެވެ.

ޑީޓިއުން ބޭންޑް، ދިރާގުގެ އާ ބްރޭންޑް އެމްބެސެޑަރު
ޑީޓިއުން ބޭންޑް، ދިރާގުގެ އާ ބްރޭންޑް އެމްބެސެޑަރު

ބްރޭންޑް އެމްބެސެޑަރު ކަމަށް ޑީޓިއުން ހަމަޖައްސައި އެކަން އިއުލާނު ކުރީ މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ރަޝީދެވެ. އެ ރަސްމިއްޔާތުގައި އިސްމާއީލް ވިދާޅުވީ، ޑީޓިއުން ބޭންޑަކީ އަރަމުން އަންނަ މަގު ދައްކައިދޭ ލާމަސީލު މިސާލެއް ކަމަށެވެ. އަދި އެ ފަދަ ފަންނާނުންތަކެއް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުންނަށް ވީތީ ވަރަށް އުފާކުރާ ކަމަށެވެ.

އެންމެ ބޮޑު މުވާސަލާތީ ކުންފުނިން ބުނީ، ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ޑީޓިއުން ބޭންޑް އައްޔަން ކުރުމުން، ވަރަށް އަވަހަށް އެ ކުންފުނިން ރާއްޖެ އަށް ތައާރަފް ކޮށްފައިވާ ޔޮންޑާ މިއުޒިކް އެޕް މެދުވެރިކޮށް އެ ބޭންޑްގެ ލަވަތައް ގެނެސްދޭން ފަށާނެ ކަމަށެވެ. އަބަދު ވެސް ތަފާތު ފަންނާނުވެރިންނާއި އާޓިސްޓުންގެ ހުނަރު، ޑިޖިޓަލް މުއާމަލާތްތައް މެދުވެރިކޮށް ކުރިއެރުވޭނެ ގޮތްތައް ދިރާގުން މަގުފަހި ކުރަމުން ގެންދާ ކަމަށެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި އައްޔަން ކުރެވެނީ، ޒުވާނުންގެ ތެރޭގައި ހީވާގިކަމާ އެކު ތަފާތު ދާއިރާތަކުން މަސައްކަތް ކުރަމުން އަންނަ ފަރާތްތައް ކަމަށެވެ.

ޑީޓިއުން ބޭންޑަކީ މީގެ 12 އަހަރު ކުރިން އުފެދުނު ބޭންޑެކެވެ. އެ ބޭންޑް މަގުބޫލުވެފައިވަނީ އަމިއްލަ ރާގުތަކާއި ތަފާތު ވީޑިއޯ ލަވަތައް ގެނެސްދޭ ބޭންޑެއްގެ ގޮތުގަ އެވެ.